މަލާމާތް ކުރިޔަސް މަލައިކާ ދޫކޮށްލުމެއް ނެތް، އެކަމަކު ކައިވެނި ކުރުމުގެ ވިސްނުމެއްވެސް އަރުޖުންގެ ނެތް!

ބޮލީވުޑްގައި އެންމެ މީހުން މަލާމާތް ރައްދު ކުރާ ދެ ލޯބިވެރިންނަކީ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ އެވެ. ގިނަ ބަޔަކު އެ ދެމީހުންނަށް މަލާމާތް ކުރަނީ އެންމެ ސަބަބަކާއި ހެދި އެވެ. އެއީ ދެމީހުންގެ އުމުރ...

27 Jun 2021 | 11:28

ބޮލީވުޑްގައި އެންމެ މީހުން މަލާމާތް ރައްދު ކުރާ ދެ ލޯބިވެރިންނަކީ އަރްޖުން ކަޕޫރާއި މަލައިކާ އަރޯރާ އެވެ.

ގިނަ ބަޔަކު އެ ދެމީހުންނަށް މަލާމާތް ކުރަނީ އެންމެ ސަބަބަކާއި ހެދި އެވެ. އެއީ ދެމީހުންގެ އުމުރުގެ ތަފާތު ބޮޑުކަމުންނެވެ.

މަލައިކާގެ އުމުރަކީ 47 އަހަރު ކަމަށްވާއިރު އުމުރުން 18 އަހަރުގެ ދަރިއަކު އެބަހުއްޓެވެ. އަރުޖުންގެ އުމުރުން 36 އަހަރެވެ. މަލައިކާގެ 18 އަހަރުގެ ފިރިހެން ދަރިފުޅަކީ ސަލްމާން ހާންގެ ބޭބެ އަރުބާޒް ހާންއާއި ދެމީހުންގެ ކައިވެންޏަށް ލިބިފައިވާ ކުއްޖެކެވެ.

މީހުން ކިތަންމެ މަލާމަތް ކުރިޔަށް ދެ ލޯބިވެރިންގެ ގުޅުމަށް ކުޑަވެސް ކުނޑިއެއް ނުޖެހެ އެވެ. ދެމީހުން އެކުގައި ޕާޓީތަކަށާއި ކެއުންތަކަށާއި ރައްޓެހިންނާއި އެކު ވަގުތު ހޭދަކޮށް ހަދައެވެ. އަރުޖުންއަށް ހަމަ މަލައިކާ ވަރެއް ނެތެވެ.

އަރުޖުން ބުނީ އެމީހުންގެ ލޯބީގެ ވާހަކަ އެހާ ގިނައިން ނުދެއްކުމަކީ އޭނާ އެދޭކަމެއް ކަމަށެވެ. ސަބަބެއް ކަމަށްބުނީ މަލައިކާގެ ދަރިއަކު ހުރުމުން ދަރިފުޅަށް އޭގެ އަސަރު ކުރާނެތީ އެވެ.

އަދި ބުނީ މަލައިކާ އަކީ ވަރަށް މިނިވަން އަންހެނެކެވެ. އަދި ދުވަހަކުވެސް އޭނާ އެއްވެސް ކަމަކާ ޝަކުވާކޮށް ނޫޅޭ ކަމަށް ބުނެފައިވެ އެވެ.

އެކަމަކު ލޯބިވެރިއަކުން އަންބަކަށް މަލައިކާ ބަދަލުވާނެ ދުވަހެއް ބުނަން ނޭނގޭ ކަމަށް އަރްޖުން ބުންޏެވެ. އޭނާ ބުނީ މަލައިކާ އާއި ކައިވެނި ކުރަން އަދި ނުވިސްނާ ކަމަށެވެ. އެހެންވެ އެ ގުޅުމުގެ މަގުސަދާއި މެދު ކުއްލިއަކަށް މީހުން ވަނީ ސުވާލު އުފައްދަން ފަށާފައި އެވެ.

އަރްޖުން މަލައިކާ އާއި ގުޅޭގޮތުން މިގޮތަށް ވާހަކަ ދެއްކީ އިއްޔެ ފާހަގަ ކުރި އޭނާގެ 36 ވަނަ އުފަން ދުވަހު މަލައިކާ އުފަންދުވަހުގެ ތަހުނިޔާ ކީ ގޮތުން ގިނަ ބަޔަކު މަލާމާތް ކުރަން ފެށުމުންނެވެ. މަލައިކާ ބުނީ އަރްޖުން އަކީ އޭނާގެ "ސަންޝައިން" ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް