100 އެމްބީޕީއެސް އާއި ހަމައަށް ހަލުވި ސްޕީޑްތަކާއި އެކު، އުރީދޫ ސުޕާނެޓް ފިކްސްޑް ބްރޯޑްބޭންޑުގެ ޚިދުމަތް އއ. ހިމަންދޫއަށް މިއަދު ތައާރަފްކޮށްފިއެވެ.
ހަލުވި ސްޕީޑްތަކާއި، ބޮޑެތި އެލަވަންސްތައް ލިބޭ ޕެކޭޖްތަކުގެ އިތުރުން ސުޕާނެޓްގެ ޚިދުމަތް އއ. ހިމަންދޫއިން ގަންނަ ފުރަތަމަ 20 ފަރާތަކަށް މައިކްރޮސޮފްޓް 360 ލައިސެންސްވެސް ލިބިވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ޔޫއެފާ ޔޫރޯ 2020 އާއި ގުޅިގެން ކުރިއަށްގެންދާ ޙާއްސަ ޕްރޮމޯޝަންގެ ދަށުން މެޗުތައް ބަލާލުމަށް ސުޕާނެޓް 50އެމް އަދި 100އެމް ނަގާ ކަސްޓަމަރުންނަށް ސޮނީ ލިވް ޕްރީމިއަމް ކޮންޓެންޓްއަށް އެއް މަސް ދުވަހުގެ ސަބްސްކްރައިޕްޝަން މުޅިން ހިލޭ ލިލިބޭނެ އެެ.
އުރީދޫގެ ޗީފް ކޮމާޝަލް އޮފިސަރު ހުސައިން ނިޔާޒު ވިދާޅުވީ އިންޓަނެޓް ބޭނުންކުރަންޖެހޭވަރު އިތުރުވެ އިންޓަނެޓްގެ މުހިންމުކަން އިތުރުވެފައިވާ މިދަނޑިވަޅުގައި އުރީދޫއިން މަސައްކަތްކުރަމުން ދަނީ ފެންވަރު ރަނގަޅު އިންޓަނެޓްގެ ޙިދުމަތް ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފޮރުކޮށްދެވޭތޯ ކަމަށެވެ. އެގޮތުން ޕެންޑެމިކްއާއެކު ދިމާވެފައިވާ ގޮންޖެހުންތަކާއެކުވެސް މިއަހަރުތެރޭގައި ހަތް ރަށަކަށް އަލަށް ސުޕާނެޓްގެ ޙިދުމަތް ފޯރުކޮށްދެވިފައިވާތީ އުފާ ކުރައްވާ ކަމަށް ވިދާޅުވި އެވެ.
" ހަމަ އެހެންންމެ މިއަދު އުރީދޫ ހޯމް ބްރޯޑްބޭންޑް، ސުޕަރނެޓްގެ ޚިދުމަތް އއ. ހިމަންދޫގެ ރައްޔިތުންނަށް ފޯރުކޮށްދީ އިތުރު ފުރިހަމަކަމާއި އެކު އިންޓަނެޓް ބޭނުންކުރުމުގެ ފުރުސަތު ހުޅުވާލެވުމަކީވެސް އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ކުރިއަށް އޮތް ތަނުގައިވެސް ދިވެހި ރައްޔިތުންގެ ދިރިއުޅުން އިތުރަށް ފާގަތިކޮށް ކުރިއެރުން ހޯދައިދިނުމަށް އަޅުގަނޑުމެން ކުރަމުންދާ މިފަދަ މަސައްކަތްތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ކުރަމުންދާނެކަމުގެ ޔަގީންކަން އަރުވަން." ނިޔާޒު ވިދާޅުވި އެވެ.
ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތްތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމަށް އުރީދޫ މޯލްޑިވްސްއިން އިން ކުރާ މަސައްކަތުގެ ތެރެއިން، ދާދި ފަހުން ވަނީ އުރީދޫ ސުޕާނެޓް ޕެކޭޖްތަކަށް ބޮޑެތި ބަދަލުތަކެއް ގެނެސް އަޕްގްރޭޑްކޮށްފައެވެ. މި ބަދަލުގެ ދަށުން ސުޕާނެޓް ކަސްޓަމަރުންނަށް ފަސް ގުނަ އިތުރު ސްޕީޑާއެކު 68 ޕަސެންޓާއި ހަމައަށް އިތުރު ޑޭޓާ އަދި ކުރިއަށްވުރެ ހަލުވި ތްރޮޓްލް އިންޓަނެޓް ސްޕީޑްވެސް ކަސްޓަމަރުންނަށް ލިބިގެންދެއެވެ.
މިގޮތުން ހިމަންދޫގެ ރައްޔިތުންނަށް، އެންމެ ހެޔޮއަގުގައި އިންޓަނެޓްގެ ޚިދުމަތް، ސުޕަރނެޓް ފިކްސްޑް ބްރޯޑްބޭންޑް މެދުވެރިކޮށް މިހާރު ލިބިގެންދާނެއެވެ. މި ޚިދުމަތް ހޯއްދެވުމަށް ނުވަތަ ސުޕަރނެޓް ޕެކޭޖްތަކާއި ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، http://ore.do/getsupernet އަށް ޒިޔާރަތްކުރައްވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް