އެޑިއުކޭޝަނުގެ "ސެޓަލައިޓް ސްކޫލް" ޕްރޮގްރާމަށް 72 ޓެބްލެޓު ހޯދަނީ

އެޑިއުކޭޝަން މިނިސްޓްރީން ޓެބްލެޓުތަކެއް ހޯދަން އިއުލާނުކޮށްފި އެވެ. އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެބްލެޓް ހޯދަނީ "ސެޓެލައިޓް ސްކޫލް" ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ކަމަށެ...

27 Jun 2021 | 10:35

އެޑިއުކޭޝަން މިނިސްޓްރީން ޓެބްލެޓުތަކެއް ހޯދަން އިއުލާނުކޮށްފި އެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޓެބްލެޓް ހޯދަނީ "ސެޓެލައިޓް ސްކޫލް" ގެ ނަމުގައި ޕްރޮގްރާމެއް ފެށުމަށް ކަމަށެވެ. މި ޕްރޮގްރާމަށް ހޯދަން އިއުލާނުކޮށްފައިވަނީ72 ޓެބްލެޓެވެ.

އެ މިނިސްޓްރީން ބުނީ  ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ އިކޮނޮމިކް މިނިސްޓްރީން ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކޮށްފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މީގެ ކުރިންވެސް މި ޕްރޮގްރާމް ފަށަން ޓެބްލެޓު ހޯދަން ތިން ފަހަރު އިއުލާނުކޮށްފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް މިއަދުން ފެށިގެން އަންނަ ޖުލައި މަހުގެ އެއްވަނަ ދުވަހުގެ ކުރިން މިނިސްޓްރީގެ ލިންކު މެދުވެރިކޮށް "ބިޑް ރަޖިސްޓްރީ ފޯމް" ފުރިހަމަކޮށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. އަދި ބީލަން ހުށަހެޅޭނީ އެ މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަނި ކަމަށްވެސް ވަނީ ބުނެފައެވެ.

ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ 14:00 ގެ ކުރިން މިނިސްޓްރީއަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުމަށްވެސް ވަނީ އެދިފައެވެ.

ސެޓެލައިޓް ސްކޫލަކީ ސްކޫލްތަކުގައި ކިޔަވާ އާބާދީ ބަދު ސްކޫލްތަކަށް ހާއްސަކޮށް ހިންގާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ކިޔަވައިދޭނީ ޓެބްލެޓު މެދުވެރިކޮށް ފިލާވަޅުތައް ފޮނުވައިގެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް