މާފަރު އިންޓަނެޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރަނީ

ނ. މާފަރު އިންޓަނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިހާ...

27 Jun 2021 | 10:09

ނ. މާފަރު އިންޓަނޭޝަން އެއާޕޯޓުގައި 47 ކޮޓަރީގެ ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް އައިލެންޑް އޭވިއޭޝަނުން ފަށައިފިއެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ އައިލެންޑް އޭވިއޭޝަނުން މިހާރުވަނީ މިމަސައްކަތަށް ބޭނުންވާ ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ޓްރާންސިޓް ހޮޓަލެއް ތަރައްޤީކުރުމަށް އެކުންފުނިން ނިންމީ އެ އެއާޕޯޓަކީ ގިނަ އަދަދަކަށް ޕްރައިވެޓް ޖެޓްތައް ޖައްސާ އެއާޕޯޓަކަށްވާއިރު، ޖެޓުތަކުގައި މަސައްކަތްކުރާ ޕައިލެޓުންނާއި ކުރޫއިން އެއާޕޯޓުގައި މަޑުކުރާނެ ތަނެއް ހަމަޖެއްސުން މުޙިއްމު ކަމަކަށްވާތީ އެވެ. އަދި ފަތުރުވެރިންވެސް ފްލައިޓް ޑިލޭވުމުން އެއާޕޯޓާއި ކައިރި ހިސާބެއްގައި މަޑުކުރެވޭނެ އިންތިޒާމް މި ހޮޓަލާއި އެކު ފަހިވެގެންދާނެ ތީއެވެ.

މި ޓްރާންސިޓް ހޮޓާ ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ 4 ތަރީގެ ހޮޓަލެއްގެ ފެންވަރަށެވެ. ކުރިއަށް އޮތް ތިން މަސް ދުވަސްތެރޭ ޓްރާންސިޓް ހޮޓެލްގެ މަސައްކަތް އިމާރަތްކުރުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓް އިތުރަށް ތަރައްޤީކުރުމުގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެން ދިޔުމަށް އައިލެންޑް އޭވިއޭޝަނުން ވަނީ ނިންމާފައެވެ. އެގޮތުން ޓާމިނަލް ބޮޑު ކުރުމަށާއި، އެއާޕޯޓުގެ ރަންވޭ ބޮޑު ކުރުމަށްވެސްވަނީ ނިންމާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް