ޓެކްސީއަކަށް އަރުވަނިކޮށް ބަނގުރާ ކޭސްތަކެއް އަތުލައިގަނެ ތިން މީހަކު ހައްޔަރުކޮށްފި

ހުޅުމާލޭގަިއ ޓެސްކީ އަކަށް އަރުވަނިކޮށް ބަނގުރާ ކޭސްތަކެއް އަތުލައި ގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ޕެޓްރޯލް ޖެޓީ ކައިރީ އޮ...

27 Jun 2021 | 10:00

ހުޅުމާލޭގަިއ ޓެސްކީ އަކަށް އަރުވަނިކޮށް ބަނގުރާ ކޭސްތަކެއް އަތުލައި ގަނެ ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ ތަކެތި އަތުލައިގެންފައިވަނީ ހުޅުމާލޭ ޕެޓްރޯލް ޖެޓީ ކައިރީ އޮތް ޑީންގީއަކުން ބާލައި ބަނގުރާ ކޭސްތައް ޓެކްސީއަށް އަރުވަނިކޮށް ކަމަށެވެ. ފުލުހުންނަށް އެކަން އެނގުނީ މީހަކު ރިޕޯޓު ކުރުމުންނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޭ 12:10 އެހައިކަންހާއިރު ހިންގި އެ އޮޕަރޭޝަނުގައި، އެ ޓެކްސީ ބަލައި ފާސްކުރިއިރު 48 ދަޅު ބަނގުރާ ފެނިފައިވެއެވެ.

މި މައްސަލައިގަ ހައްޔަރުކޮށްފައިވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހެއްގެ އިތުރުން 30 އަހަރުގެ މީހެކެވެ. މި ތިން މީހުންނަކީވެސް ދިވެހި ފިރިހެނުންނެވެ.

މި މައްސަލަ ހުޅުމާލޭ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް