ތިނަދޫގައި 280 އަށްވުރެ ގިނަ ކޯވިޑް އެކްޓިވް ކޭސް، ހަ މީހުން އެޑްމިޓް ކޮށްފައި

ގދ. ތިނަދޫއިން އިއްޔެ ކޯވިޑް-19 އަށް 30 އަށް ވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެ އެވެ. ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެ ރަށުން 34 މީހަކ...

27 Jun 2021 | 09:40

ގދ. ތިނަދޫއިން އިއްޔެ ކޯވިޑް-19 އަށް 30 އަށް ވުރެ ގިނަ މީހުން ޕޮސިޓިވް ވެއްޖެ އެވެ.

ތިނަދޫ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ އެންމެ ފަހުގެ ތަފާސް ހިސާބު ދައްކާގޮތުން އިއްޔެ އެ ރަށުން 34 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވެ އެވެ. އެއީ ކޯވިޑް މީހުންނާއި ކޮންޓެކްޓުވެފައިވާ 31 މީހަކާއި ފްލޫ ކްލިނިކަށް ދެއްކި ތިން މީހެކެވެ.

ކޯވިޑަށް ފަރުވާ ދޭ މީހުންގެ އަދަދު އަލަށް ޕޮސިޓިވްވި މީހުންނާއި އެކު ވަނީ 285 އަށް އަރާފައި އެވެ.

މިދިޔަ ދެތިން ދުވަހަށް ބަލާއިރުވެސް އެ ރަށުން ކޯވިޑަށް ޕޮސިޓިވްވި މީހުންގެ އަދަދު ވަރަށް ގިނަ އެވެ. އެގޮތުން ހުކުރު ދުވަހު 17 މީހުންނަށް ކޯވިޑް ޖެހުނު އިރު ބުރާސްފަތި ދުވަހު 19 އަދި ބުދަ ދުވަހު 32 މީހުން ކޯވިޑަށް ޕޮސިޓިވް ވެފައިވެ އެވެ.

އެ ހޮސްޕިޓަލުން ބުނީ މިފަހަރު ކޯވިޑް ފެތުރެން ފެށި ފަހުން ބަލި ޖެހުނު މީހުންގެ ތެރެއިން ރަނގަޅުވެފައިވަނީ 328 މީހުން ކަމަށެވެ. ބަލި ޖެހުނު މީހުންގެ ތެރެއިން ހަ މީހަކަށް ތިނަދޫ ކޯވިޑް މެނޭޖްމެންޓު ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދާއިރު އެތަނުގައި ފަރުވާ ދިން އެކަކު މީގެ ކުރިން ކޯވިޑްގައި މަރުވެފައިވެ އެވެ.

މިހާތަނަށް އެ ރަށުން ކޯވިޑަށް ޕޮސިޓިވްވެފައިވަނީ 613 މީހުންނެވެ.

ތިނަދީގައި ކޯވިޑް ފެތުރޭތީ މޮނިޓަރިންގެ ހާލަތަށް ގެނައީ މިދިޔަ އޭޕްރިލް މަހުގެ 24 ވަނަ ދުވަހު އެވެ.

އަދި މިހާޜު އެ ރަށުގައި ދަނީ ހަވީރު ހަތަރަކުން ފަތިހު ހަތަރަކަށް ކާފިއުވެސް ހިންގަމުންނެވެ. އަދި އެ ނޫން ގަޑިތަކުގައި ހުއްދަ ނެތި ބޭރަށް ނުކުތުމަކީ މަނާ ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް