އަންހެނުން ހިތާނުކުރުމާ މެދު ފަތުވާ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތް ހޯދުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އެ ބޭފުޅުންގެ ރަޢުޔުއަކަށް އެދިވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު މީޑިއާގައި ވިދާޅުވީ، އަންހެނުން ހިތާނުކުރުމާ ގުޅޭ ގޮތުން ހިޔާލު ތަފާތުވެފައިވާތީވެ ފަތުވާ މަޖިލީހުގެ ރައުޔަކަށް މިއަދު އެދިވަޑައިގެންފައިވާނެ ކަމަށެވެ. އަންހެންކުދިން ހިތާނުކުރުމާއި ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާނީ ފަތުވާ މަޖިލީހުގެ ރައުޔަކަށް ފަހު ކަމަށް މިނިސްޓަރު އެ ނޫހަށް ވިދާޅުވި ކަމަށް ރިޕޯޓުކޮށްފައި ވެއެވެ.
ފަތުވާ މަޖިލީހަކީ ފަސް އިލްމުވެރިންގެ މައްޗަށް އެކުލެވޭ މަޖިލީހެކެވެ. ފަތުވާ މަޖިލީހުގައި ހިމެނިވަޑައިގަންނަވަނި ޑރ. މުހައްމަދު ރަޝީދު އިބްރާހިމް (އެ މަޖިލީހުގެ ރައީސް) އާއި ޑރ. މުސާ އަންވަރުގެ އިތުރުން ޝެއިހް ހަސަން ތައުފީގް އަދި ޝެއިހް އިބްރާހިމް އަހްމަދު އާއި ޝެއިހް އިސްހާގު މުހައްމަދުފުޅުއެވެ.
އަންހެން ކުދިން ހިތާނުކުރުމާއި ގުލޭ ވާހަކަތައް ދެކެވެން ފަށާފައި މި ވަނީ، އަންހެނުން ހިތާނު ކުރުމުގެ ސަގާފަތް އަނެއްކާ ވެސް ރާއްޖޭގައި އާލާވަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ބުނުމުންނެވެ.
މި މައްސަލައިގައި އާންމުންނާއި އިލްމުވެރިންގެ މެދުގައި ވަނީ ބަހުސް ހޫނުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް