ފުލިދޫ ގޮނޑުދޮަށް ހިމާޔަތް ކުރަން ބޭނުންވާ ބޮޑު ހިލަ ގެންދަން ފަށައިފި

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ. މި މަޝްރޫއު ފުލިދޫގައި ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. ...

27 Jun 2021 | 09:07

ވ. ފުލިދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފި އެވެ.

މި މަޝްރޫއު ފުލިދޫގައި ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ.

އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، 270 މީޓަރުގެ ބޭރުތޮށިލުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އަދި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ ގޮތުން ފުލިދޫ ގޮނޑުދޮށުގައި ހިލަފައިކަށިތައް ލާނެ ކަމަށް ބުންޏެވެ.

މީގެ އިތުރުން 12000 ކޮޑިމީޓަރުގެ ވެލި ގިރާފައިވާ ސަރަޙައްދަށް އެޅުމަށް ވަނީ ހަމަޖެހިފަވާ ކަމަށް އެމްޓީީސީސީން މައުލޫމާތުދެ އެވެ.

މި މަޝްރޫޢަކީ 16.94 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް