13 އަހަރުގެ ކުއްޖާގެ މަރު: ކުއްޖާގެ ހަށިގަނޑު މި ހަފްތާގައި ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަނީ

އަނިޔާވެރި ގޮތަކަށް މަރަލާއި، ފޮއްޓަކަށް ލައި، ހުޅުމާލޭގެ އަލަށް އާބަދުވާ ސަރަހައްދު މޫދަށް އެއްލާލާފައި އޮއްވާ ފެނުނު، އުމުރުން 13 އަހަރުގެ ރާއިފްގެ ހަށިގަނޑު މި ހަފްތާގައި ބޭރަށް ފޮނުވުމުގެ މަސައްކަ...

27 Jun 2021 | 08:50

އަނިޔާވެރި ގޮތަކަށް މަރަލާއި، ފޮއްޓަކަށް ލައި، ހުޅުމާލޭގެ އަލަށް އާބަދުވާ ސަރަހައްދު މޫދަށް އެއްލާލާފައި އޮއްވާ ފެނުނު، އުމުރުން 13 އަހަރުގެ ރާއިފްގެ ހަށިގަނޑު މި ހަފްތާގައި ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ މީޑިއާ އޮފިޝަލް "ދުވަސް" އަށް ވިދާޅުވީ، އެ ކުއްޖާގެ ހަށިގަނޑު ބޭރަށް ފޮނުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެ ގޮތުން، މި ހަފުތާގެ ތެރޭގައި އެކަން ކުރުމަށް ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވެއެވެ.

މިކަން ލަސްވަނީ ކީއްވެތޯ ސުވާލުކުރުމުން ވިދާޅުވީ، ޕޯސްޓް މޯޓަމް ހެދުމަކީ ދިވެހިރާއްޖޭން ކުރެވެން ނެތް ކަމަކަށް ވާއިރު، ރާއްޖޭން ބޭރަށް ފޮނުވައިގެން ޕޯސްޓްމޯޓަމް ހެދުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަމަށް ވަގުތު ނަގަނީ ކަމަށެވެ.

އުމުރުން 13 އަހަރުގެ ކުއްޖާ މަރާލާފައި އޮއްވައި ފެނުނީ މިމަހުގެ 21 ވަނަ ދުވަހުގެ ރޭގައެވެ. ކުއްޖާގެ ހަށިގަނޑު އަދިވެސް ބާއްވާފައި އޮތީ މޯޗަރީގައެވެ.

އަނިޔާކޮށް މަރާލައި ފޮއްޓަކަށް ލުމަށް ފަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދަށް އެއްލާލާއިފައި އޮއްވައި ފުލުހުން 13 އަހަރުގެ ކުއްޖާ ހޯދީ ހޯމަ ދުވަހުގެ ރޭ މެންދަމު 2:30 ހާއިރު އެވެ. އެއީ ކުއްޖާ ގެއްލިގެން އާއިލާއިން ކުރި ރިޕޯޓަކާ ގުޅިގެން ކުރި މަސައްކަތުންނެވެ. ގެއްލުނު ކުއްޖާ ރަހީނުކޮށްފައިވާ ކަމަށް ބެލެވުމާ އެކު، ތުހުމަތުކުރެވޭ މީހުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ހޯދައި ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ އިބްރާހިމް ޒިހާން، 27، އާއި 17 އަހަރުގެ ކުއްޖެކެވެ.

ރަހީނުކޮށް، މަރައިލި މައްސަލައިގެ ތަހުގީގުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ބުނުން ފިޔަވައި އިތުރު ތަފުސީލެއް އެކަމާ ބެހޭ ގޮތުން ފުލުހުން އަދި ނުދެ އެވެ. ނަމަވެސް ކުށުގެ ތުހުމަތަށް ހައްޔަރުކުރި ދެ މީހުން ތަހުގީގަށް ބަންދުގައި ބައިތިއްބަން ކޯޓުން ކުރި އަމުރުގައިވާ ގޮތުން ގަސްދުގައި މީހަކު މެރުން، މާރާމާރީ ހިންގުން، ރަހީނުކުރުން އަދި ކުޑަކުއްޖަކާ މެދު ޖިންސީ ގޯނާ ކުރުމުގެ ތުހުމަތު ވެސް އެ މީހުންނަށް ކުރެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް