"ކާންދޭ އަތުގައި ދަތް ނޭޅުމަށް" ގޮވާލައި، ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރެމް) އިން އަނެއްކާވެސް މާދަމާ އިހުތިޖާޖަށް ނިކުންނަން ނިންމައިފިއެވެ.
މި އިހުތިޖާޖު އޮންނާނީ މާދަމާ ހަވީރު 04:00 ގައި ކާނިވާ ސަރަހައްދުގައެވެ.
ރެމްގެ މި އިހުތިޖާޖަކީ ކޯވިޑް-19 ހުއްޓުވުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރެސްޓޯރަންޓުތަކަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ބައްވާ އިހުތިޖާޖެކެވެ. ހާއްސަކޮށް ކާފިއު ވަގުތުތަކުގައެވެ.
މީގެ ކުރިންވެސް މި ޖަމިއްޔާއިން މި މައއްސަލައިގަ މުޒާހަރާ ކޮށްފައިވެ އެވެ.
މާލޭގައި މިހާރު ކާފިއު ގަޑިއަކީ އިރުއޮއްސި 6:00އިން ފެށިގެން ފަތިހު 4:00އަށެވެ. ކާފިއު ވަގުތުތަކުގައި ދެވޭނީ ހަމައެކަނި ޑެލިވަރީ ޚިދުމަތެވެ.
އެކަމަކު ހެނދުނު 8:00އިން ފެށިގެން އިރުއޮއްސި 6:00އާ ހަމައަށް ފުލުހުންގެ ހުއްދައާއެކު ފިހާރަތަކުން ވިޔަފާރިކުރުމާއި ކެފޭ ރެސްޓޯރެންޓުތަކުން ޓޭކްއަވޭ ނެގުމުގެ ފުރުސަތު ލިބެއެވެ. މިގަޑިތަކުގައި ބޭރުގައި އުޅުމަށް ބޭނުންކުރާނީ މިހާރު މެންދުރު 12:00އިން ހަވީރު 4:00އާ ހަމައަށް، ގެއިންބޭރުގައި އުޅުމަށް ގޭބިސީތަކަށް ފުލުހުން ދޫކުރާ ފާސް އެވެ.
ކޯވިޑް-19އާއެކު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޢާއްމުންނަށާއި ވިޔަފާރިތަކަށް ގިނަ ދަތިތަކެއް އަންނަނީ ކުރިމަތިވަމުންނެވެ. މިކަމަށް ކޮންމެވެސްވަރެއްގެ ޙައްލެއް ގެނައުމަށްޓަކައި ކުރިއަށްއޮތް ދެހަފްތާގެ ތެރޭގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމާފައިވާކަމަށް އެޗްއީއޯސީން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް