ނޭކުރެންދޫ ކަރަންޓީންގައި ހުރި މީހަކު ބައިސްކަލެއް ނަގަން ބޭރަށް ނުކުތުމުން ބޮޑު ޖޫރިމަނާއެއް

ހދ. ނޭކުރެންދޫގައި ކަރަންޓީން ގައި ހުރި މީހަކު ގޭ ދޮރުން ބޭރަށް ނުކުތުމުން ވަރުގަދަ ޖޫރިމަނާއެއް ކޮށްފި އެވެ. ނޭކުރެންދޫ ކައުންސިލުން މީޑިއާގައި ބުނީ އެމީހާ ޖޫރިމަނާ ކޮށްފައިވަނީ 11،000 ރުފިޔާއިން ކަމ...

27 Jun 2021 | 05:41

ހދ. ނޭކުރެންދޫގައި ކަރަންޓީން ގައި ހުރި މީހަކު ގޭ ދޮރުން ބޭރަށް ނުކުތުމުން ވަރުގަދަ ޖޫރިމަނާއެއް ކޮށްފި އެވެ.

ނޭކުރެންދޫ ކައުންސިލުން މީޑިއާގައި ބުނީ އެމީހާ ޖޫރިމަނާ ކޮށްފައިވަނީ 11،000 ރުފިޔާއިން ކަމަށެވެ. އެމީހާ އަކީ ކޯވިޑަށް ޕޮސިޓިވް މީހެކެވެ.

މި މައްސަލައިގަ މީހަކު ސޯޝަލް މީޑިއާގައި ބުނެފައިވަނީ އެމީހާ ގެއިން ބޭރަށް ނުކުތީ ދޮރު ކައިރީ މަގުމައްޗަށް ވެއްޓިފައި އޮތް ބައިސްކަލެއް ނަގައި އެތެރެއަށް ލުމަށް ކަމަށެވެ. މިއީ އޭނާ ޖޫރިމަނާ ކުރި ފުރަތަމަ ފަހަރު ކަމަށާއި ފުރަތަމަ ފަހަރު މިވަރުގެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުން އެއީ ރަނގަޅު ގޮތެއް ނޫންކަމަށް އެމީހާ ބުނެފައި ވެއެވެ.

ކަރަންޓީންގައި ހުރި މީހާ ބޭރަށް ނުކުތް ކަމަށް ވަނީ މާސްކުވެސް ނާޅައެވެ. އާންމުކޮށް ޖޫރިމަނާ ކުރަނީ ތަކުރާރުކޮށް ކޯވިޑް ގަވައިދާ ހިލާފުވާ ނަމަ އެވެ.

އެމީހާ ޖޫރިމަނާ ކުރީ ފުލުހުން ނެވެ. މިކަމާއި ގުޅިގެން ފުލުހުން އެއްޗެއް ހާމައެއް އަދި ނުކުރެ އެވެ.

ނޭކުރެންދޫގައި މިވަގުތު ކޯވިޑް ޖެހިފައި ތިބި ހަތަރު މީހުން ކަރަންޓީންގައި އެބަތިއްބެވެ.

ކޯވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައިވާ މީހުން ކަރަންޓީނާއި ހިލާފު ވުމުން ބައެއް އެހެން ރަށްރަށުގައި ވެސް ބޮޑެތި އަދަދުތަކުން މީހުން ޖޫރިމަނާ ކޮށްފައި ވެއެވެ.

ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ ތަކުރާރުކޮށް ހިލާފުވުމުގެ ސަބަބުން ބައެއް މީހުންނަށް ކޮށްފައިވާ ޖޫރިމަނާގެ އަދަދު 80،000 ރުފިޔާއަށް އަރާފައިވާ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް