ގިނަ ދުވަސްތަކެއް ވަންދެން މިސްކިތްތައް ބަންދުކޮށް ޖަމައާތް މެދުކެނޑުން ރަނގަޅު ނުވާނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ. ޝަހީމް މިހެން ވިދާޅުވީ، މާލޭގައި ކޯވިޑް-19ގެ ހާލަތު ރަނގަޅުވަމުން އަންނައިރު، ޖަމާއަތުގައި ނަމާދުކުރަން ފެށުމާއި ގުޅޭ ގޮތުން ސަރުކާރުގެ ކަމާއި ގުޅުންހުރި ވުޒާރާތަކުން މަޝްވަރާކުރައްވަމުން ގެންދަވާ ދަނޑިވަލެއްގައި ކުރެއްވި ޓްވީޓެއްގައެވެ.
ޝަހީމްގެ ޓުވީޓުގައި ވިދާޅުވީ މާތް ﷲ ގެ ރުހުމަތް ފުޅުން މިވަގުތު މާލޭެގ ހާލަތު ރަނގަޅު ވަމުން ދިއުމާއި އެކު އެންމެ ރަނގަޅު ގޮތަކީ ލަސްނުކޮށް ޖަމާއަތް ފެށުން ކަމަށް ދެކެވަަޑައިގެންނަވާ ކަމަށެވެ. އަދި ގިނަ ދުވަސް ވަންދެން މިސްކިތްތައް ބަންދުކޮށް ޖަމާއަތް މެދުކަނޑާލާފަ އޭއްވުން އެއީ ރަނަގޅު ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.
https://twitter.com/Mohamedshaheem1/status/1409007749367619584
މާލެ ސަރަހައްދުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓާލާފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ކަމާގުޅޭ އިދާރާތަކާއިއެކު މަޝްވަރާ ކުރަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކޯވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ނަމާދުގެ ޖަމާއަތް ހުއްޓާލީ މެއި މަހުގެ 12 ވަނަ ދުވަހު އެވެ. އަދި ހާލަތު އިތުރަށް ގޯސްވުމުން މެއި 26 އިން ފެށިގެން މިސްކިތްތައްވެސް ބަންދުކުރި އެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހުން ފެށިގެން ވަކިން ނަމާދު ކުރުމަށް މިސްކިތްތައް ވަނީ ހުޅުވާފައެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ އޮންލައިން ނޫހަކަށް ވިދާޅުވީ ކޯވިޑް-19ގެ ހާލަތު ރަނގަޅުވަމުން އައިސް ފައްސިވާ އަދަދު ދަށަށް ދާން ފެށުމުން ވަކިން ނަމާދު ކުރުމަށް ފުރުސަތު ހުޅުވާލުމަށް ފަހު މިހާރު މަޝްވަރާ ކުރަމުން ދަނީ ޖަމާއަތުގެ ނަމާދު ފެށުމާއި ގުޅޭގޮތުންނެވެ. ނަމަވެސް އެ އެފަދަ ނިންމުމެއް ނިންމާނީ ރައްކާތެރިކަމުގެ ގޮތުން ބަލަން ޖެހޭ ކަންކަމަށް ބެލުމަށް ފަހު ކަމާގުޅޭ އިދާރާތަކުގެ ހުއްދައާއެކު ކަމަށް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް