ބ. ފެހެންދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 89 ޕަސެންޓް ނިންމައިފި އެވެ.
އެ މަސައްކަތް ކުރަނީ އެމްޓީސީސީން ނެވެ. އެ ކުންފުނިން ބުނީ މިހާރު ކުރިޔަށް ދަނީ ކަނެކްޓިން ބްރިޖްގައި ސްލެބް އެޅުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 18,500 ކިއުބިކް މީޓަރުގެ އާ ހާބަ ބޭސިން ފުންކުރާނެ އެވެ. 25,000 ކިއުބިކް މީޓަރުގެ ނެރަށް ވަންނަ ސަރަޙައްދު ފުންކުރުމަށް ހަމަޖެހިފައިވެ އެވެ.
އެމްޓީސީސީން ބުނީ މަސައްކަތް ނިމޭއިރު 214 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލާނެ ކަމަށެވެ. އަދި 130 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 282 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމަށް ހަމަޖެހިފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ފެހެންދޫ ބަނދަރުގައި 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ވެސް ހިމެނެ އެވެ.
ޕްލޭނިން މިނިސްޓްރީން އެމްޓީސީސީ އާއި ހަވާލުކޮށްފައިވާ މި މަޝްރޫޢުއަކީ 45.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް