އަންހެނުން ހިތާނަކުރުމަކީ އިސްލާމް ދީނުގައި އޮން ކަމެއް ކަމަށާއި، ފެމިނިސްޓުން ބުނީމާ، ފެމިނިސްޓުން ބުނާ ގޮތަށް މި ފަތުވާ ބަދަލުކުރަން ނުޖެހޭ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބަދުއްލަތީފް ވިދާޅުވެއްޖެއެވެ.
އަންހެންކުދިން ހިތާނަކުރުމުގެ ސަގާފަތް ދިވެހިރާއްޖޭގައި އާލާވާ ކަމަށް މީޑިޔާތަކުން ރިޕޯޓުކުރުމާއެކު އާންމުުންނާއި އިލްމުވެރިންގެ ތެރޭގައި ވެސް ވަނީ މި ބަސްހުސް ހޫނުވެފައެވެ.
ޑރ. އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މުޢުތަޒިލާ އިން ބުނާހާ ގޮތަކަށް ފަތުވާ ނުދެއްވައިގެން އިމާމް އަޙްމަދަށް ވެސް އަދަބު ދެވުނު ކަމަށާއި ނަމަވެސް ފަތުވާ ބަދަލެއް ނުކުރެއްވި ކަމަށެވެ. އެހެންވެ ޝެއިޙް ވެސް އަންހެނުން ހިތާނު ކުރުމާއި ގުޅޭ ގޮތުން ދީފައިވާ ފަތުވާ ބަދަލު ނުކުރާނެ ކަމަށް އިޔާޒް ވިދާޅުވިއެވެ.
"ފެމިނިސްޓުން ބުނާ ގޮތަށް ފަތުވާ ނުދީގެން އަޅުގަޑަށް އަދަބު ދިނަސް އިންޝާالله ފަތުވާ ބަދަލެއް ނުކުރާނަން." އިޔާޒް ވިދާޅުވިއެވެ.
https://twitter.com/dr_iyaz/status/1408776696094806016
އަންހެން ކުދިން ހިތާނު ކުރުމަކީ މުސްލިމުން ކުރަން ޖެހޭނެ ކަމެއް ކަމަށް އިޔާޒް ވިދާޅުވި ނަމަވެސް، އިލްމުވެރިޔާ، ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމްގެ ހިޔާލު އިދިކޮޅެވެ. މައުމޫން ވިދާޅުވީ އިސްލާމްދީނުގައި ހިތާނުކުރުން ޝަރުއުކުރައްވާފައި ވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ކަމަށާއި އަންހެން ކުދިން ހިތާނުކުރުމެއް ނޯންނަ ކަމަށެވެ.
ސަރުކާރުން ހަދާފައިވާ ޑާމޮގްރަފިކް ސާވޭއަކާ ހަވާލާދީ ޔުނިސެފުން މިދިޔަ އަހަރު ބުނީ ރާއްޖޭގެ ކޮންމެ 10 އަންހެނަކުން އެކަކު ހިތާނުކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް