އާލިއާ، ގަންގޫބާއި ކަތިއަވަޅީގެ ޝޫޓިން ނިންމާލައިފި

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ޖަޔަންތީލާލް ގަޑާ ޕްރޮޑިއުސްކުރާ ގަންގޫބާއި ކަތިއަވަޅީގެ ޝޫޓިން ނިންމާލައިފިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަސައްކަތް ފެށި މި ފިލްމުގެ ލީޑް ރޯލު ކުޅެނީ އާ...

27 Jun 2021 | 02:15

ސަންޖޭ ލީލާ ބަންސާލީ ޑައިރެކްޓްކޮށް ޖަޔަންތީލާލް ގަޑާ ޕްރޮޑިއުސްކުރާ ގަންގޫބާއި ކަތިއަވަޅީގެ ޝޫޓިން ނިންމާލައިފިއެވެ.

2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު މަސައްކަތް ފެށި މި ފިލްމުގެ ލީޑް ރޯލު ކުޅެނީ އާލިއާ ބަޓެވެ. މި ފިލްމު ނިންމުން ދިގުދެމިގެން މި ދިޔައީ ކޮވިޑާއި ހެދިގެންނެވެ. ފިލްމުގެ ޝޫޓިން ކުރިއަށްދަނިކޮށް އާލިއާ އަދި ސަންޖޭ ވެސް ކޮވިޑަށް ޕޮޒިޓިވް ވިއެވެ.

ނަމަވެސް އާލިއާ އަދި ސަންޖޭވެސް ކޮވިޑުން ރަނގަޅުވެ، މިހާރު މިވަނީ ފިލްމުގެ ޝޫޓިން ނިންމާލާފައެވެ. މި ފިލްމު އަންނަ ޖުލައި މަހުގެ 30ގައި ރިލީޒްކުރުމަށް ވަނީ ނިންމާފައެވެ.

މި ފިލްމަކީ ބަޔޯގްރެފިކަލް ކްރައިމް ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި ދައްކުވައިދެނީ ގަންގާ ނަމަކަށްކިޔާ އަންހެނަކު ސަހަރަކަށް އަތްގަދަކޮށް މާ ވަރުގަދަ މީހަކަށް ވުމަށް ކުރާ މަސައްކަތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް