އުމުރުން 44 އަހަރުގައި ބޮލީވުޑް ފިލްމީ އިންޑަސްޓްރީގައި މަސައްކަތް ފެށި، ބޮމަން އިރާނީ އޭނާގެ މަންމަގެ ހަނދާނުގައި އަސަރުގަދަ ނޯޓެއް ދޫކޮށްލައިފިއެވެ.
ބޮމަން އިރާނީގެ މަންމަ، ޖަބަނޫ އިރާނީ މަރުވެފައިވަނީ މި މަހުގެ 10 ވަނަ ދުވަހުގައެވެ. އުމުރުން 94 އަހަރުގައި ޖަބަނޫ މަރުވީ މުސްކުޅި ބަލީގައެވެ.
ޖަބަނޫގެ ހަނދާނުގައި އޭނާގެ ދަރި، ބޮމަން އިރާނީ އިންސްޓަގްރާމުގައި ބުނެފައިވަނީ ބޮމަން އުފަންވިތާ ހަ މަސްތެރޭގައި އޭނާގެ ބައްޕަ މަރުވުމުން، އާއިލީ ވިޔަފާރިއާއި ހަތަރު ދަރިންގެ ޒިންމާ އެކަނި އުފުލީ އޭނާގެ މަންމަ ކަަމަށެވެ.
މަންމައަކީ އޭނާގެ ހީރޯކަން ފާހަގަކުރަމުން ބޮމަން ބުނެފައިވަނީ ކުޑައިރު އޭނާއަކީ ވަރަށް ލަދު ގަންނަ ކުއްޖެއް ކަމަށާއި ލަދު ކެނޑުނީ މަންމަ، އޭނާ ސްޓޭޖަކަށް އަރުވައި އެކްޓް ކުރަން ހަވާލުކުރުމުން ކަމަށެވެ. އަދި ބޮމަން ފިލްމީ ދާއިރާއިން ފެނުމަކީ އޭނާގެ މަންމަ ދެކެމުންދިޔަ ހުވަފެނެއްކަން ބޮމަން ފާހަގަކޮށްފައިވެއެވެ.
ބޮމަން ބޮލީވުޑް ކެރިއަރ ފެށީ އުމުރުން 44 އަހަރުގައި ފިލްމު، މުންނާ ބާއި އެމްބީބީއެސް އިންނެވެ. ބޮމަން އަކީ މިހާރު ބޮލީވުޑް ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ކޮމީޑިއަނެކެވެ. މިހާތަނަށް 50 ވަރަކަށް ފިލްމު ކުޅެފައިވާ ބޮަމަންގެ އުމުރު މިހާރު 60 އިން މައްޗަށް އަރާފައިވާއިރު މި އަހަރުގައިވެސް ދެ ފިލްމެއްގެ މަސައްކަތް އޭނާ އަންނަނީ ކުރަމުންނެެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް