ފުވައްމުލަކުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

ފުވައްމުލަކުގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހިނގާފައިދިޔަ މީހެއް ގާގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކު ނިޔާވެއްޖެ އެވެ. ފުލުހުން ބުނީ މި...

27 Jun 2015 | 18:02

ފުވައްމުލަކުގައި ބާރު ސްޕީޑްގައި ދުއްވާފައިދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ގޮސް ހިނގާފައިދިޔަ މީހެއް ގާގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒަޚަމްވި މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އެރަށު މާދަޑު، މޫދުވިނަ، އަޙްމަދު ޢަބްދުﷲ (55އ) ކަމަށެވެ.

މިރޭ 21:50 ހާއިރު ފުވައްމުލަކު މުޙައްމަދު ޖަމާލުއްދީން ނައިބުތުއްތުމަގު އެއާޕޯޓް ކައިރިގައި ހިނގި އެކްސިޑެންޓްގައި އިތުރު މީހަކަށްވެސް ސީރިއަސް އަނިޔާތަކެއް ވެފައިވާކަމަށާއި އެމީހާއަށް ފުވައްމުލަކު ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށްވެސް ފުލުހުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް