މިއީ ޔާމީނަށް މައުމޫނު ކުރި ތާއީދު އަނބުރާ ނަގަންވީ ވަގުތު: މަހްލޫފު

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ރައީސް މައުމޫނަށް އަނގަބަހުން އިންޒާރު ދީފައި ކަމަށާއި މި ވަގުތަކީ ރައީސް ޔާމީނަށް މައުމޫނު ކުރާ ތާއީދު އަނބުރާ ނަގަންވީ ވަގުތު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ...

27 Jun 2015 | 08:55

ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވަނީ ރައީސް މައުމޫނަށް އަނގަބަހުން އިންޒާރު ދީފައި ކަމަށާއި މި ވަގުތަކީ ރައީސް ޔާމީނަށް މައުމޫނު ކުރާ ތާއީދު އަނބުރާ ނަގަންވީ ވަގުތު ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހްލޫފު ވިދާޅުވެއްޖެ އެވެ.

މަހްލޫފު މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގަ އެވެ.

https://twitter.com/AhmedMahloof/status/614714962527674368

މިހެން ވިދާޅުވެފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ މަގާމަށާއި ނައިބުރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރު ކަނޑައެޅުމުގެ އިސްލާހާއެކު ޕީޕީއެމްގެ އެތެރޭގައި ވަރުގަދަ ރާޅުބާނިގަނޑެއް އުފެދިފައިވާކަމަށްވެސް މީގެ ކުރިން މަހުލޫފް ވަނީ ވިދާޅުވެފަ އެވެ.

މިދިޔަ ބުދަ ދުވަހުގެރޭ އަނިޔާވެރިކަމާ ދެކޮޅަށް ނަމުގައި އެމްޑީޕީގެ ޖަގަހައިގާ ކުރިއަށްދިޔަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަހްލޫފް ވިދާޅުވީ މިހާރު އެންމެ ކަންތައް ބޮޑުކޮށް އުޅެނީ ޕީޕީއެމްގެ އެތެރޭގައި ކަމަށެވެ. އަދި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ރާޅުބާނި ވަރަށް ބޮޑު ކަމަށާއި އެ ރާޅުބާނީގައި ހުންނާނެ ވަރުވެސް އެނގިވަޑައިގަންނަވާކަމަށްވެސް މަހުލޫފު ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް