ނިޢުމަތްތަކަށް ޝުކުރުވެރިވުން

މި ދުނިޔޭގައި އިންސާނާއަށް ދެއްވި ކޮންމެ ނިޢުމަތަކާ ބެހޭގޮތުންއާޚިރަތްދުވަހު އޭނާއާ ސުވާލުކުރެވޭނެ އެވެ. މުއުމިނުންނާއި ކާފިރުންނާ ހަމަހަމަގޮތުގައި މި ސުވާލުތައް ކުރެވޭނެ އެވެ.މާތް ﷲ ވަޙީކުރައްވަނީ؛ {...

27 Jun 2015 | 06:11

މި ދުނިޔޭގައި އިންސާނާއަށް ދެއްވި ކޮންމެ ނިޢުމަތަކާ ބެހޭގޮތުންއާޚިރަތްދުވަހު އޭނާއާ ސުވާލުކުރެވޭނެ އެވެ. މުއުމިނުންނާއި ކާފިރުންނާ ހަމަހަމަގޮތުގައި މި ސުވާލުތައް ކުރެވޭނެ އެވެ.މާތް ﷲ ވަޙީކުރައްވަނީ؛

{ثُمَّ لَتُسْأَلُنَّ يَوْمَئِذٍ عَنِ النَّعِيمِ} -  التكاثر-8

''ދެން އެދުވަހުން ނިޢުމަތްތަކާ މެދު ތިޔަބައިމީހުންނާސުވާލުކުރައްވާނެކަން ކަށަވަރެވެ."

މި އާޔަތް ބާވައިލެއްވުމުންޒުބައިރުގެފާނު ކީރިތިރަސޫލާ އަށް ދެންނެވި އެވެ. " وَأَيُّ نَعِيمٍ نُسْأَلُ عَنْهُ وَإِنَّمَا هُوَ الْأَسْوَدَانِ التَّمْرُ وَالْمَاءُ قَالَ أَمَا إِنَّهُ سَيَكُونُ – رواه ابن ماجه- އަޅުގަނޑުމެންނާ  ސުވާލުކުރެވޭނީ ކޮން ނިޢުމަތްތަކަކާބެހޭގޮތުންތޯ އެވެ؟ އަޅުގަނޑުމެންނަށް ލިބިފައިވަނީ ހަމައެކަނި ކަދުރުކޮޅަކާއިފެންފޮދެއްނޫންތޯ އެވެ؟ ޖަވާބުގައި ރަސޫލުﷲ صلى الله عليه وسلم  ޙަދީޘްކުރެއްވިއެވެ. އެކަމާބެހޭގޮތުންނާއި އަދި ކާބޯތަކެތީގެ އެހެނިހެން ބާވަތްތަކާ ބެހޭގޮތުންސުވާލުކުރެވޭނެއެވެ."

އަބޫހުރައިރަތުގެފާނު އަރިހުން، އައްތިރްމިޛީރިވާކުރެއްވި ޙަދީޘެއް  ބުނާގޮތުގައި ޤިޔާމަތްދުވަހު އެންމެ ފުރަތަމަސުވާލުކުރެވޭނެ ނިޢުމަތަކީ " ތިމަންރަސްކަލާނގެ ތިބާގެ ހަށިގަނޑަށް  ޞިއްޙަތުނުދެއްވަމުހޭ؟  އަދި ތިބާއަށް  ފިނި ފެން ނުދެއްވަމުހޭ؟ " ސުވާލުކުރައްވައެވެ.

ބުޚާރީއާއި މުސްލިމު  ރިވާކުރައްވާގޮތުގައި އަބޫބަކްރުގެފާނާއިޢުމަރުގެފާނު ބޭރަށް ނުކުމެވަޑައިގެން އުޅުއްވަނިކޮށް ރަސޫލުﷲގެފާނަށްފެނިވަޑައިގެން ވިދާޅުވި އެވެ. މިގަޑީގައި ތިޔަދެބޭކަލުން ބޭރަށް ނުކުމެވަޑައިގެންތިޔައުޅުއްވަނީ ކީއްވެތޯ އެވެ. އެ ދެބޭކަލުން ދެންނެވިއެވެ. ހައިހޫނުކަމާހެދި އެވެ.އެހިނދު ރަސޫލުﷲގެފާނު ޙަދީޘްކުރެއްވި އެވެ. "ތިމަންކަލޭގެފާނުގެ ފުރާނަފުޅުއެފަރާތެއްގެ ބާރުގެ ދަށުގައިވާ ފަރާތްގަންދެއްވާ ވިދާޅުވަމެވެ. ތިމަންކަލޭގެފާނުވެސް ނުކުމެވަޑައިގެން މި އުޅުއްވަނީ ހަމަ ތިޔަކަމާ ހެދި އެވެ. ދެން މި ބޭކަލުންހިންގަވަނިކޮށް ވަޑައިގެންނެވުނީ އަބޫ އައްޔޫބަލް އަންޞާރީގެ އަރިހަށެވެ.މިބޭކަލުން އެ ގެއަށް ވަޑައިގެންނެވުމުން ވިދާޅުވި އެވެ. މާތްﷲ އަށްޙަމްދުހުއްޓެވެ. މިއަދު މެހްމާންދާރީ އަދާކުރުމުގައި އަޅުގަނޑަށް ވުރެ ދީލަތިމީހަކުނުހުންނާނެ އެވެ. އަބޫ އައްޔޫބަލް އަންޞާރީ  މި ބޭކަލުންނަށްޓަކައި ކަންބަޅިއެއްކަތިލެއްވި އެވެ.  އަދި ކަދުރު އިހަލެއް ގެންނެވި އެވެ. މި އިހަލުގައި ގަބުޅިކަދުރާއި ދޮންކަދުރާއި ފާކަދުރު ހުއްޓެވެ. މި ޖާފަތް ނިމުމުން އަބޫބަކްރުގެފާނަށާއިޢުމަރުގެފާނާ ދިމާއަށް ރަސޫލުﷲގެފާނު ވިދާޅުވި އެވެ. ތިޔަބޭކަލުން ގެއިންނުކުމެވަޑައިގެންނެވީ ބަނޑުހައިފުޅުވެގެންނެވެ.  ގެ އަށް އެނބުރިތިޔަވަޑައިގަންނަވަނީ މުޅިން އެހެން ޙާލުކޮޅެއްގަ އެވެ. ޤިޔާމަތްދުވަހު މިނިޢުމަތާމެދު ސުވާލުކުރެވޭނެ އެވެ.

ޤުރައިޝުންނަށް މާތްﷲ ދެއްވި އެންމެބޮޑު ދެ ނިޢުމަތުގެ ވާހަކަ  " ޤުރައިޝް" ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ.އެކަލާނގެ ވަޙީކުރައްވަނީ؛

{الَّذِي أَطْعَمَهُم مِّن جُوعٍ وَآمَنَهُم مِّنْ خَوْفٍ}

''އެކަލާނގެއީބަނޑުހައިހޫނުކަމުގައިވަނިކޮށް އެއުރެންނަށް ކާންދެއްވައި  އަދިބިރުވެރިކަމުގައިވަނިކޮށް  އެއުރެންނަށް އަމާންކަންދެއްވި ރަސްކަލާނގެއެވެ."

މިބަސްފުޅުތަކުން އެނގެނީ އިންސާނާ ﷲގެ ނިޢުމަތްތަކަށް ޝުކްރުވެރިވާންޖެހޭނެ ކަމެވެ. ﷲގެ ނިޢުމަތްތައް ރަނގަޅުގޮތުގައި ބަލަހައްޓަންޖެހޭނެ ކަމެވެ. އެ ނިޢުމަތްތަކުގެބޭނުންކުރަންޖެހޭނީ ﷲގެ ރުހިވޮޑިގަތުން ލިބޭނެ ގޮތްގޮތަށެވެ. މާތްﷲމަނާކުރައްވާފައިވާ ކަމެއްކުރުމުގައި މި ނިޢުމަތްތަކުގެ ބޭނުންކޮށްގެން ނުވާނެ އެވެ. އޭރުން އެމީހަކު ވާނީމި ނިޢުމަތްތަކަށް ޙަރާންކޯރުވި މީހަކަށެވެ. އޭރުން މި ނިޢުމަތް  ނިޤްމަތަކަށްބަދަލުވެދާނެ އެވެ. އޭރުން ޤިޔާމަތްދުވަހު ކުރެވޭ ސުވާލު ހަރުކަށިވާނެއެވެ.އުފުލަންޖެހޭ ޒިންމާ ބުރަވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް