ބަންގާޅު ކަނޑުގައި ލޯ ޕްރެޝަރ އޭރިއާއެއް އުފެދިއްޖެއެވެ.
އިންޑިއާގެ މީޓިއޮރޮލޮޖިކަލް ސާވިސް އިން މިއަދު ބުނެފައިވާގޮތުގައި މި ލޯ ޕްރެޝަރު އޭރިއާ އުފެދިފައިވަނީ އިންޑިއާގެ އޮޑީޝާގެ އައްސޭރިއާ މާ ދުރު ނޫން ހިސާބެއްގައެވެ.
ލޯ ޕްރެޝަރު އެ އޭރިއާ ދަތުރުކުރަމުންދާނީ ދެކުނަށް ކަމަށާއި އަދި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ލޯ ޕްރެޝަރު އޭރިއާގެ ބާރު ގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
ރާއްޖެއަށް ހުޅަނގު މޫސުން ފެށިފައިވާއިރު އިންޑިއާ ސަރަހައްދަށްވެސް ހުޅަނގު މޫސުން ފެށެން އަންނަނީ ގާތްވަމުންނެވެ. ޖޫން ޖުލައި އަކީ ހުޅަނގު މޫސުމުގެ ގަދައިގެ އިތުރު ބަންގާޅު ކަނޑު ސަރަހައްދުގައި ތޫފާނީ ސެޓަޕްތައްވެސް އުފެދޭ ދުވަސްވަރެކެވެ.
ބަންގާޅު ކަނޑާއި އަރަބިކަނޑުގައި އުފެދޭ ތޫފާނީ ސެޓަޕްތަކުގެ ނުސީދާ އަސަރު ރާއްޖެއަށް ކުރަމުންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް