ޒެޓާ މާރޓް ސިލެކްޓް: ވިޔަފާރި ކުމުގެ ތަފާތު ތަޖުރިބާއެއް ގެނުވާނެ އާ ފިހާރައެއް މާލޭގައި

ޒެޓާ މާރޓް ސިލެކްޓްގެ ނަމުގައި މުޅިން އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ. ލޮނުޒިޔާރަތްމަގުގައި މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ހުޅުވި މި ފިހާރައަކީ ޒެޓާ އެންޓަޕްރައިޒަސް އިން ރީޓެއިލް މާކެޓަށް އެޅ...

27 May 2025 | 06:57

ޒެޓާ މާރޓް ސިލެކްޓްގެ ނަމުގައި މުޅިން އާ ފިހާރައެއް މާލޭގައި ހުޅުވައިފިއެވެ.

ލޮނުޒިޔާރަތްމަގުގައި މި ހަފްތާގެ އާދީއްތަ ދުވަހުގެ ރޭ ހުޅުވި މި ފިހާރައަކީ ޒެޓާ އެންޓަޕްރައިޒަސް އިން ރީޓެއިލް މާކެޓަށް އެޅި ފުރަތަމަ ބޮޑު ހަރުފަތެވެ. ވިޔަފާރި ކުރުމުގެ ތަފާތު ތަޖުރިބާއެއްގެ އިތުރުން ކަސްޓަމަރުންނަށް ބޮޑެތި ލުއިފަސޭހަކަމެއް މި މާޓުން ގެނުވާނެ ކަމުގެ ޔަގީންކަން ޒެޓާ އިން އަރުވައެވެ.

ޒެޓާގެ މި ފިހާރަ ރަސްމީކޮށް ހުޅުއްވައިދެއްވީ ޒެޓާ އެންޓަޕްރައިޒަސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު އައިމާން ޢާދަމްއެވެ.

ގިނަ އަދަދެއްގެ މުދާ އެއްތަނަކުން ލިބޭ މި ފިހާރައިގައި ގިނަ އަދަދެއްގެ ކައްކާ ސާމާނާއި ގޭތެރެ ސާފުކުރާ ސާމާނާއި ތަފާތު ކޮލިޓީ މޮޅު ޒީނަތްތެރިވާ ސާމާނު ހިމެނެއެވެ.

ޒެޓާ އެންޓަޕްރައިޒަސް އުފެދުނީ 2016 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހުގައެވެ. ޒެޓާއަކީ ވިޔަފާރީގެ އެކި ދާއިރާގައި ހަރަކާތްތެރިވާ ކުންފުންޏެކެވެ. އޭގެ ތެރޭގައި ޒެޓާ ޓެކްނޮލޮޖީސް، ޒެޓާ ޓުއަރސް، ޒެޓާ ޑިވެލޮޕްމަންޓް އަދި ޒެޓާ މާރޓް ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް