ޕީޖީގެ އިރުޝާދަށް ރައުދު ދޫކޮށްލައިފި

އިމާރާތަކުން ޔުމްނު ވެއްޓުނު މައްސަލައިގާ ހައްޔަރުކޮށްފައިހުރި ރައުދު ދޫކޮށްލައިފިއެވެ. މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާ...

27 May 2025 | 06:43

އިމާރާތަކުން ޔުމްނު ވެއްޓުނު މައްސަލައިގާ ހައްޔަރުކޮށްފައިހުރި ރައުދު ދޫކޮށްލައިފިއެވެ.

މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނެފައިވަނި އޭޕްރީލް މަހުގެ 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާއި ގުޅިގެން ހައްޔަރުކުރި ރައުދު އަހްމަދު ޒިލާލް، ރޭގެ ވަގުތެއްގައި ބަންދުން ދޫކޮށްލާފައިވާކަމަށެވެ.

"ދައުވާ އުފުލުމަށްޓަކައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހެޅުމުން، މައްސަލައިގެ ލިޔެކިޔުންތައް ދިރާސާކުރުމަށްފަހު، އޭނާ ބަންދުން ދޫކޮށްލުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އިރުޝާދު ދީފައިވާތީ، ރޭ ރައުދު ވަނީ ބަންދުން ދޫކޮށްލާފައި" ފުލުހުން ބުނެފައިވެއެވެ.

ޕީޖީ އޮފީހުން ކުރިން ބުނެފައިވާގޮތުގައި ރައުދުގެ މައްޗަށް ދައުވާކޮށްދިނުމަށްއެދި މިދިޔަ ހޮނިހިރު ދުވަހު ފުލުހުން އެ އޮފީހަށް މައްސަލަ ފޮނުވާފައިބވާކަމަށެވެ. އަދި މައްސަލަ ބަލައިގެންފައިވާއިރު ދައުވާ ކުރުމާއިމެދު 15 ދުވަސް ތެރޭގައި ގޮތެއް ނިންމާނެކަމަށްވެސް ބުނެފައިވެއެވެ.

އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހ. ފެންޓެނޯއީ ގޭގެ ނުވަ ވަނަ ފަންގިފިލާއާއި ޓެރަސް އާއި ދެމެދުގެ ވައިގޮޅިއަކުން ހައްވާ ޔުމްނު ރަޝީދު ވެއްޓުނު މައްސަލައިގާ ރައުދު ހައްޔަރުކުރީ އޭޕްރީލް 24 ވަނަ ދުވަހުގައެވެ. ޔުމްނު ވެއްޓުމުގައި ރައުދުގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭ ކަމުގެ ތުހުމަތާއި މަސްތުގެ ހާލަތުގައި ހުރުމުގެ ދައުވާއާއި ޖިންސީ ބޭނުން ހިފުމުގެ ކުށަށް އަރައިގަތުމުގެ ތުހުމަތު ރައުދުގެ މައްޗަށް ކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް