އަރަބިކަނޑުން ރާއްޖެއާއި މާ ދުރު ނޫން ހިސާބަކަށް ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުންތަކުގެ މަޢުލޫމާތު ގެނެސްދޭ ވޮލްކޭނޯ ޑިސްކަވަރީގައިވާ މަޢުލޫމާތު ބުނާގޮތުން މެދު މިނުގެ މި ބިންހެލުން އައިސްފައިވަނީ ރާއްޖެއާ 216 ކިލޯ މީޓަރު (134، މޭލު) ދުރުން ރާއްޖޭ ގަޑިން ބަލާނަމަ 08:26ގައެވެ.
މި ބިންހެލުމަކީ ރިކްޓަރ މިންގަނޑުން 4.5ގެ ބިންހެލުމެއްކަމަށް ބުނެފައިވެއެވެ.
މި ބިންހެލުމުގެ އިހްސާސް ކުރެވުނު ކަމުގެ ދެ ރިޕޯޓެއް ލިބިފައިވާކަމަށް ވޮލްކޭނޯ ޑިސްކަވަރީގައި ބުނެފައިވެއެވެ.
ވޮލްކޭނޯ ޑިސްކަވަރީން ބުނެފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެ ސަރަހައްދުގެ 10 ކިލޯމީޓަރު އަޑިއަށެވެ. މި ބިންހެލުމުގެ އިހްސާސް ވިކަމުގެ އަށް ރިޕޯޓެއް މިހާތަނަށް ލިބިފައިވާކަމަށް ބުނެފައިވާއިރު އެ ލިބުނު ރިޕޯޓްތަކުގެ ތެރޭގައި ދެ ރިޕޯޓެއް ވެރިރަށް މާލެއިން ލިބިފައިވާކަމަށްވެސް ބުނެފައިވެއެވެ. ވޮލްކޭނޯ ޑިސްކަވަރީގެ ވެބްސައިޓަކީ ކޮންމެ މީހަކަށްވެސް ވަދެވި ރިޕޯޓު ކުރެވޭނެހެން ތައްޔާރުކޮށްފައިވާ ވެބްސައިޓެއް ހިމެނޭ ޚިދުމަތެކެވެ.
ރާއްޖެއިން އެ ވެބްސައިޓްގައި ކޮށްފައިވާ ރިޕޯޓުތަކަށް ބަލާއިރު ހޯރަފުއްޓަށް ކޮންމެވެސް ވަރަކަށް އިހްސާސްވިކަމަށް އދި ހދ. ކުޅުދުއްފުއްޓަށް ކޮންމެވެސް ވަރެއްގެ އިހްސާސެއް ވިކަމަށްވެސް ބުނެފައިވެއެވެ. އެހެންނަމަވެސް މި ރިޕޯޓްތަކަކީ ވެރިފައި ކުރެވޭ ރިޕޯޓުތަކަކަށް ނުވާނެއެވެ.
މާލެއިން ބަލާނަމަ މި ބިންހެލުން އައިސްފައިވަނީ 422 ކިލޯމީޓަރު (262 މޭލު) ދުރަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް