މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޕާލިމަންޓަރީ ގްރޫޕްގެ ލީޑަރުކަމަށް ހިތަދޫ ދެކުނު ދާއިރާގެ އިންތިޚާބީ މެންބަރު އިބްރާހިމް ނާޒިލް އިންތިޚާބުކޮށްފިއެވެ.
މިކަން ހާމަކޮށް އެ ޕާޓީން މިއަދު ބުނެފައިވަނީ އެ ޕާޓީގެ ޕާލިމަންޓަރީ ގްރޫޕްގެ މަޤާމްތަކަށް މިއަދު މެންބަރުން އިންތިޚާބުކޮށްފައިވާކަމަށެވެ.
އެގޮތުން ޕީޖީ ލީޑަރުކަމަށް ނާޒިލް އިންތިޚާބުކޮށްފައިވާއިރު ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ވައިކަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ހުސެއިން ޒިޔާދު އަދި މަރަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ދީދީ އިންތިޚާބުކޮށްފައިވެއެވެ. ޕީޖީ ސެކްރެޓަރީ ޖެނެރަލް ކަމަށް ގަލޮޅު އުތުރުދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު އިބްރާހިމް އިންތިޚާބުކޮށްފައިވާއިރު ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް ކަމަށް މާވަށު ދާއިރާގެ އިންތިޚާބީ މެންބަރު އަހްމަދު ޝާކިރު އިންތިޚާބުކޮށްފައިވެއެވެ. މީގެ އިތުރުން ޗީފް ވިޕްގެ ގޮތުގައި ތޮއްޑޫ ދާއިރާގެ އިންތިޚާބީ މެންބަރު ހުސެއިން ސަމީރު އިންތިޚާބުކޮށްފައިވާއިރު ވިޕުންގެ ގޮތުގައި ކަނޑިތީމު ދާއިރާގެ އިންތިޚާބީ މެންބަރު ހުސެއިން އަމީން ފައިސަލާއި ކެޔޮދޫ ދާއިރާގެ އިންތިޚާބީ މެންބަރު މުޙައްމަދު ނިއުޝާދު އިންތިޚާބުކޮށްފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދަޢުރަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު ކުރިއަށްދާނެއެވެ. ނިމިދިޔަ މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ކާމިޔާބު ކުރެވިފައިވަނީ 12 ގޮނޑިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް