އިންތިޚާބީ މެންބަރުން ހުވާކުރެއްވުމާ ރައީސާއި ނައިބުރައީސް އިންތިޚާބު ކުރުން މާދަމާ – ރިޔާސަތު ބަލަހައްޓަވާނީ ޝިޔާމް

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 09:00ގައި އޮންނާނެކަމުގައި މަޖިލީހުގެ އިދާރާއިން ބުނެފިއެވެ. އެ އިދާރާއިން މ...

27 May 2024 | 09:37

ރައްޔިތުންގެ މަޖިލީހުގެ 20 ވަނަ ދައުރަށް އިންތިޚާބުވެވަޑައިގެންނެވި މެންބަރުން ހުވާކުރެއްވުމުގެ ރަސްމިއްޔާތު މާދަމާ ހެނދުނު 09:00ގައި އޮންނާނެކަމުގައި މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

އެ އިދާރާއިން މިއަދު ބުނެފައިވަނީ ހުވާކުރެއްވުމަށް ބާއްވާ ރަސްމިއްޔާތު ފެށޭނީ 28 މޭ 2024 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ގައި ކަމަށާއި މެންބަރުން މަޖިލީހަށް ވަޑައިގަންނަވާނީ 8:45 އަށް ކަމަށެވެ.

"ރަސްމިއްޔާތަށްފަހު 20 ވަނަ މަޖިލީހުގެ ރައީސްއާއި ނައިބު ރައީސް އިންތިޚާބު ކުރުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ ފެށޭނީ އެ ދުވަހުގެ ހެނދުނު 10:15ގައި، މި ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މީދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު އަޙްމަދު ސިޔާމް މުޙައްމަދު" މަޖިލީހުން ބުނެފައިވެއެވެ.

މާދަމާ މެމްބަރުން ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާއިރު މަޖިލީހުގެ އިދާރާއިން އިއްޔެ ވަނީ އިންތިޚާބީ މެންބަރުން އަހުލުވެރި ކުރުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް