ކ. ތިލަފުށީގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިހުރި އުޅަނދުތައްް 15 ދުވަސް ތެރޭގައި ނެގުމަށް އެޗްޑީސީން އަންގައިފިއެވެ.
ތިލަފުށީގައި އެހެން ބަޔަކަށް ކުއްޔަށް ދީފައިވާ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި ނަގައި އެބިން އެފަރާތާއި ބިން ހަވާލުކުރުމުގެ މަސައްކަތް އެޗްޑީސީން ކުރަމުން ދާތީ، އެ ސަރަހައްދުގަައިވާ އުޅަނދުތަކާއި އެހެނިހެން ތަކެތި އެ ތަކެތީގެ ވެރިފަރާތުން ނެގުމަށް އެޗްޑީސީން ވަނީ އަންގާފައެވެ.
މިގޮތުން މި މަހު 26 އިން ފެށިގެން ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ގަވާއިދާއި ހިލާފަށް އެ ސަރަހައްދުގައި ބަހައްޓާފައިވާ އުޅަނދުތައް ނެގުމަށް ވެރިފަރާތްތަކަށް ވަނީ އަންގާފައެވެ. އަދި އެޗްޑީސީން ބުނީ، އެ މުއްދަތު ތެރޭގައި އެ ތަކެތި ނަގާފައި ނުވާ ނަމަ އެ ތަކެއްޗަކީ ގަވާއިދާ ހިލާފަށް ދޫކޮށްލާފައިވާ ތަކެތި ކަމަށް ބަލައި އެ ތަކެއްޗާއި މެދު އެޗްޑީސީން ފެންނަ ގޮތަކަށް އަމަލުކުރަމުންދާނެ ކަމަށްށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް