ފުލުހުން ބަލަމުން އަންނަ މަކަރާއި ހީލަތުގެ މައްސަލައެއްގައި އަންހެނަކު އުޅޭތަނެއް ނޭނގޭތީ ފުލުހަށް ހާޒިރުވާން އަންގައި ވަނަވަރު ހާމަކޮށްފިއެވެ.
ފުލުހުން ބުނެފައިވާގޮތުގައި އއ. މާޅޮސް، ހިތްފަސޭހަގޭ، އުމުރުން 36 އަހަރުގެ ފާޠިމަތު ޔުސްރާގެ ވަނަވަރު ފުލުހުން ހާމަކުރީ ހއ. އިހަވަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ، މަކަރާއި ހީލަތުގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.
ފުލުހުން ބުނެފައިވަނީ މައްސަލައިގެ ތަހުގީގަށް ސުވާލުކުރަން ބޭނުންވާތީ ޖޫން މަހުގެ ތިންވަނަ ދުވަހުގެ މެންދުރު 2:00 އަށް، މާލޭގައި ހުންނަ ސާޖަންތް އާދަމް ހަލީމް ކްރައިމް އިންވެސްޓިކޭޝަން ބިލްޑިންގ އަށް ނުވަތަ އެންމެ ކައިރި ޕޮލިސް ސްޓޭޝަނަކަށް ހާޒިރުވާންވާން އެދޭކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް