މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމުގެ މަސައްކަތް ދިވެހިންނާއި ހަވާލުކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން އެކްސްގައި ކުރި ޕޯސްޓަކު ބުނީ، މިސްކިތްތައް ފޮޅާ ސާފު ކުރުމުގެ މަސައްކަތްތަައް ކުރާނީ ދިވެހިން ކަމަށެވެ. މިގޮތުން އެ ކައުންސިލުން ބަލަހައްޓަމުންދާ ހުޅުމާލޭގައި ހުރި 10 މިސްކިތާއި، މާލޭގައި ބަލަހައްޓަމުންދާ 22 މިސްކިތެއް އަދި ވިލިމާލޭގެ ދެ މިސްކިތެއްގެ މަސައްކަތް ކުރާނީ ދިވެހިން ކަމަށެވެ.
މާލޭގެ މިސްކިތްތައް ފޮޅާ ސާފުކުރުމަށް ދިވެހިން ހޯދުމަށް ފުރަތަމަ ކުރި އިއުލާނަށް އެދެވިގެން ވާ މިންވަރަށް ދިވެހިން ކުރިމަތިލާފައެއް ނުވެއެވެ. މި އަހަރު ފެބްރުއަރީ މަހު 114 މަސައްކަތު މީހުން ހޯދަން ކުރި އިއުލާނަށްވެސް ކުރިމަތިލީ 14 މީހުންނެވެ.އެ ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތައް ދަށްވުމުން ވަޒީފާގެ އުސޫލަށް ބަދަލު ގެނެސް ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވަގުތީ މުވައްޒަފުންނަށް މަދުވެގެން ތިން އަހަރުގެ ކޮންޓްރެކްޓެއް ހާއްސަ ކުރުމަށް ނިންމާފައި ވެއެވެ. މިގޮތުން 110 މީހުން ހޯދުމަށް ކުރި މި އިއުލާނަށް 230 މީހުން ވަނީ ކުރިމަތި ލާފައެވެ.
މާލޭގެ މިސްކިތްތައް ސާފުކުރުމަށް މީގެ ކުރިން އައީ ކުންފުނިތަކުންނެވެ. މިސްކިތުގެ މަސައްކަތު މީހަކަށް މުސާރާއިގެ ގޮތުގައި މަހަކު12000 ރުފިޔާ ދިނުމަށް ސިޓީ ކައުންސިލުން މިހާރު ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް