ގެފުޅުގެ ނަކަލެއް ހެދީ ހައްޖުގެ އަޅުކަން އަދާކުރަންދާ ފަރާތްތައް ތަމްރީނު ކުރުމަށް: ނައިޖީރިޔާ

ނައިޖީރިޔާގައި ކައުބަތުﷲ ގެފުޅުގެ ނަކަލެއްގެ ވަށައިގެން، އިހްރާމުގައި ތިބި ބަޔަކު ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވީޑިއޯގެ ހަޤީޤަތް ނައިޖީރިޔާއިން ހާމަކޮށްފި...

27 May 2024 | 00:46

ނައިޖީރިޔާގައި ކައުބަތުﷲ ގެފުޅުގެ ނަކަލެއްގެ ވަށައިގެން، އިހްރާމުގައި ތިބި ބަޔަކު ހިނގާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވައިރަލްވެފައިވާއިރު އެ ވީޑިއޯގެ ހަޤީޤަތް ނައިޖީރިޔާއިން ހާމަކޮށްފިއެވެ.

އެގޮތުން ނައިޖީރިޔާގެ ކާނޯ ސްޓޭޓްގެ ހައްޖުވެރިންގެ ވެލްފެއާ ބޯޑުގެ ތަރުޖަމާނު ސުލައިމާން ދެދޭރީ ބުނެފައިވަނީ ގެފުޅުގެ މޮޑެލްއަކީ އެ ސްޓޭޓުން ހައްޖުގެ އަޅުކަން އަދާކުރުމަށް ދާ ފަރާތްތައް ހައްޖަށް ތަމްރީނުކޮށް ހައްޖުގެ އަޅުކަމުގެ ކަންކަމަށް އަހުލުވެރިކުރުވުމަށް ބޭނުންކުރަމުން އަންނަ މޮޑެލް އެއް ކަމަށެވެ.

އެ މޮޑެލްއަށް މިހާރު 20 އަހަރު ވެފައިވާކަމަށްވެސް އޭނާ ބުނެފައިވެއެވެ. އެއީ ކާނޯ ހައްޖު ކޭމްޕުގައި ބޭނުންކުރާ ތަމްރީނު މޮޑެލެއްކަން އޭނާ ޔަގީންކޮށްދީފައިވެއެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ ވައިރަލްވީ ނައިޖީރިޔާގައި ގެފުޅުގެ ނަކަލެއް ހަދައި އެ ގައުމުގައި ހައްޖުގެ އަޅުކަން ކުރަންފަށާފައިވާކަމަށް ބުނެއެވެ.

ނައިޖީރިޔާއިން މި އަހަރު 1007 މީހަކު ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސަޢޫދީ އަރަބިއްޔާއަށް ދަތުރުކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް