ވީޑިއޯކްލަބަށް "ފުރޭތަ" އަރަން ތައްޔާރު!

ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން މިއަހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވާ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ފިލްމު "ފުރޭތަ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް އައުމަށް މިވަނީ ތައްޔާރުވެފައެވެ. އެންމެ ފަހު...

27 May 2024 | 00:26

ޑާރކްރެއިން އެންޓަޓެއިންމަންޓްގެ ފަރާތުން މިއަހަރު އޮލިމްޕަސް ސްކްރީނުގައި އަޅުވާ ބޮޑު ތަރުޚީބެއް ލިބިގެންދިޔަ ފިލްމު "ފުރޭތަ" މީޑިއާނެޓުގެ ވީޑިއޯކްލަބަށް އައުމަށް މިވަނީ ތައްޔާރުވެފައެވެ.

އެންމެ ފަހުގެ މޮޅެތި އަމިއްލަ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ގެނެސްދިނުމަށް ވީޑިއޯކްލަބުން ކުރާ މަސައްކަތުގައި މިއީ ހަމަ ޔަގީނުންވެސް ފާހަގަކޮށްލެވޭ ފިލްމަކަށް ވެގެންދާނެއެވެ. ސަބަބަކީ މި ފިލްމު އޮލިމްޕަސް ސްކްރީނުގައި އެޅުވިތާ މާ ގިނަ ދުވަހެއް ނުވެ އަދިވެސް ދިވެހިން ދެކެފަރިތަ ފިލްމަކަށް ވާތީއެވެ.

އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކޮށްފައިވާ ރިވެންޖް އެކްޝަން ތްރިލަރ ޖޮންރާގެ މި ފިލްމުގެ މޮޅު ވާހަކަ މި ފިލްމު ބެލި ކޮންމެ މީހެއްގެ ދުލުންވެސް ވަރަށް ފުރިހަމައަށް ކިޔާދެއެވެ. އަހްމަދު ތޮލާލްގެ ސްކްރީންޕްލޭ އާއި ޑައިލޮގްތަކާއި އަދި ފިލްމުގައި ފެނިގެންދާ ތަރިންގެ އެކްޓިންގްގެ މޮޅުކަމަށް ގިނަބަޔަކު ވަނީ ތަޢުރީފު އޮއްސާލާފައެވެ.

މި ފިލްމުގައި ދައްކުވައި ދެނީ ރާއްޖޭގެ މިހާރުގެ ހާލަތެވެ. ކުށުގެ ވެށި އޮތް ގޮތުގެ ސަބަބުން ކުށްތައް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތެވެ. އެ މަސައްކަތަށް އެހީތެރިވެދީފި އާންމުންގެ މީހަކަށް ގޭންގުތަކުން ކުރިމަތި ކުރުވާ އިންޒާރުތަކާއި ބިރު ދެއްކުންތަކާއި ގަތުލުތަކެވެ. އިންސާފަށް އެދި ކުރަން ޖެހިފައި އޮތް އުނދަގޫ ދަތުރެވެ. އެންމެ ފަހުން ބަދަލު ހިފަން މަޖުބޫރުވެ ކުރެވޭ މަސައްކަތެވެ.

ފިލްމުގެ އެންމެ އިސްރޯލުން ފެނިގެންދަނީ ދިވެހި ފިލްމީ ދާއިރާގައި މިހާރު އެންމެ ފިޔަޖަހަމުން އަންނަ ތަރި ކަމުގައިވާ ޝަރަފްއެވެ. މި ފިލްމުގެ މަންޒަރުތައް އެންމެ ފުރިހަމައަށް ގެނެސްދިނުމުގައި ޝަރަފްގެ އެކްޓިންގްގެ ކުޅަދާނަކަން ފާހަގަކޮށްލެވެއެވެ. މޮޅު އެކްޓިންގްގެ ވާހަކަ ދައްކާއިރު ރަވީ ފާރޫގްގެ ނަން ނުބުނެ ދޫކޮށްލެވޭކަށްނެތެވެ. މި ފިލްމުގައިވެސް އެކްޓިންގް ހަމަ އެހާމެ މޮޅީއެވެ. މީގެ އިތުރުން މުހައްމަދު މަނިކު، އަހްމަދު ސައީދު، އާދަމް ރިޒްވީ، އައިމިނަތް އަސީލާ، ސޫޒަން އަދި ކުޑަކުއްޖެއްގެ ރޯލު އަދާކުރި އަހްމަދު ނީލްގެ އެކްޓިންގްވެސް ފާހަގަކޮށްލެވެއެވެ.

ސިނަމާގައި ހޯދި ކާމިޔާބީއަށްފަހު މީޑިއާނެޓުގެ ވީޑިއޯކްލަބް މެދުވެރިކޮށް މި ފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މި މެއި މަހުގެ 30 ވަނަ ދުވަހުން ފެށިގެންނެވެ. މި އަހަރަކީ ވީޑިއޯކްލަބް ސާރވިސް އިތުރު ކުރިއެރުންތަކެއް ހޯދަމުން އަންނަ އަހަރެއްކަން ފާހަގަކޮށްލެވެއެވެ. އެގޮތުން އެންމެ ފަހުގެ ދިވެހި އަމިއްލަ އުފެއްދުންތައް މި ޚިދުމަތް މެދުވެރިކޮށް ދިވެހިންނާއި ހަމައަށް މި އަންނަނީ ގެނެސްދެމުންނެވެ. އެގޮތުން ލޯބީގެ ފިލްމު "ނޮވެމްބަރު"، ތްރިލާރ ފިލްމު "ނީނާ"، ބިރުވެރި ފިލްމު "ކަޅަކި" އަދި ސައިކޮލޮޖިކަލް ތްރިލާ "ބަވަތި" ވީޑިއޯކްލަބުންވަނީ މިއަހަރު ތެރޭގައި ބެލުންތެރިންނާއި ހަމައަށް ގެނެސްދީފައެވެ.

ވީޑިއޯކްލަބްގެ އެހެން ކޮންޓެންޓްތަކާއެކީ ފުރޭތަ ފިލްމުވެސް ވީޑިއޯކްލަބް މެދުވެރިކޮށް ޓީވީ އަދި މޯބައިލް ސްކްރީނުތަކުން ބަލާލެވޭނެއެވެ. ރާއްޖެއިން ބޭރުގައި ދިރިއުޅުއްވާ ފަރާތްތަކަށްވެސް އެމް އެސް ލައިޓް ގްލޯބަލް މެދުވެރިކޮށް ޓީވީއިން އަދި އެމް އެސް ޑިޖިޓަލް ގްލޯބަލް މެދުވެރިކޮށް މޯބައިލް ސްކްރީންތަކުން ބަލާލެވޭނެއެވެ.

https://www.youtube.com/watch?v=_Zk1puh208Y&pp=ygUIZnVyZXl0aGE%3D

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް