ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފި

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ. އެގޮތުން އެސްޓީއޯއިން ދެންމެ ބުނީ މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަމަށެވެ. ހެޔޮކޮށްފައިވަނީ ޑ...

26 May 2024 | 19:16

އެސްޓީއޯއިން ވިއްކަމުން އަންނަ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.

އެގޮތުން އެސްޓީއޯއިން ދެންމެ ބުނީ މިއަދުން ފެށިގެން ޕެޓްރޯލާއި ޑީސަލުގެ އަގު ހެޔޮކުރަން ނިންމާފައިވާކަމަށެވެ.

ހެޔޮކޮށްފައިވަނީ ޑީސަލް ލީޓަރަކުން 70 ލާރި އަދި ޕެޓްރޯލް ލީޓަރަކުން 30 ލާރިއެވެ.

އެހެންކަމުން ކުރިން 14 ރުފިޔާ 62 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް ދެން ވިއްކާނީ 13 ރުފިޔާ 92 ލާރިއަށެވެ. އަދި ކުރިން 14 ރުފިޔާ 33 ލާރިއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް ދެން ވިއްކާނީ 13 ރުފިޔާ 98 ލާރިއަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް