އިންޑިއާގެ އަރޫނާޗަލް ޕްރަދޭޝް އިން އައު ގަހެއްގެ ބާވަތެއް ކަމަށްވާ މެއިއޮގްއިން އަރޫނާޗަލެންސިސް ފެނިއްޖެ ކަމަށް ދިރާސާވެރިން ބުނެފިއެވެ.
އެޑިންބާރގް ޖާނަލް އޮފް ބޮޓެނީގެ 19 މެއިގެ އެޑިޝަންގައި ޝާއިއުކުރި ދިރާސާ ލިޔުމެއްގައި ދިރާސާވެރިޔާ ނަވެންދޫ ޕޭޖް ފާހަގަކުރައްވާފައިވާ ގޮތުގައި މިއީ އިންޑިއާއިން ފެނުނު އައު ވައްތަރުގެ ތިންވަނަ ބާވަތް ކަމަށާއި އިރުމަތީ ހިމާލަޔާން އަދި އިރުއުތުރު އިންޑިއާ ސަރަހައްދުން ފެނުނު ފުރަތަމަ ބާވަތެވެ.
މި ދިރާސާގެ ލިޔުމުގައި މި ބާވަތް ހޯދުމަކީ "އިރުއުތުރު އިންޑިއާ އާއި އިރުމަތީ ހިމާލަޔާގެ ބަޔޯޑައިވަރސިޓީ ހޮޓްސްޕޮޓުން ފެނުނު މި ބާވަތުގެ ފުރަތަމަ ގަސް" ކަމަށް ފާހަގަކޮށްފައިވެއެވެ.
މީގެއިތުރަށް މި ރިޕޯޓުގައި ވާގޮތުން މިހާތަނަށް މި ބާވަތް އީސްޓް ސިއަންގް ޑިސްޓްރިކްޓާއި ޗަންގްލަންގް ޑިސްޓްރިކްޓްގެ ނަމްޑަފާ ނޭޝަނަލް ޕާކުން ވަނީ ފެނިފައި ކަމަށެވެ.
މެއިއޮގްއިން އަރޫނާޗަލެންސިސް ހޯދީ "އަރޫނާޗަލް ޕްރަދޭޝްގެ އަދީ ފަރުބަދަތަކަށް" ކުރި ބަޔޯޑައިވަރސިޓީ އެކްސްޕެޑިޝަނެއްގައި ކަމަށް ދިރާސާވެރިޔާ ބުނެފައިވާއިރު، އެ އެކްސްޕެޑިޝަނަށް އެހީތެރިވެދީފައިވަނީ އިންޑިއާގެ ވައިލްޑްލައިފް އިންސްޓިޓިއުޓް އަދި އަރޫނާޗަލްގެ ފޮރެސްޓް ޑިޕާޓްމަންޓުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް