ދައުރުކުރި މީމް ތަކަށް ބެލުމެއްނެތި ރޯދަމަހު ފޯނު ހަލުވައިގެން ސައިކަލާއި އަގުހުރި އެތައް އެތައް އިނާމެއް !

ނިމިދިޔަ ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގެކޭ ކަރަލުގެ އަގެކޭ އެއްވަރަށް ގަދަ ފޯރިއާއެކު ދެކެވުނު އެއް ވާހަކައަކީ އުރީދޫ ހަދިޔާ ފޮށި ގޭމުގެ ވާހަކައެވެ. ކޮންމެ ދުވަހަކު ފޯނު ހަލުވައިގެން ހަތަރު ގަޑިއިރަށް...

27 May 2023 | 17:27

ނިމިދިޔަ ރޯދަ މަހު ކަނޑޫދޫ މިރުހުގެ އަގެކޭ ކަރަލުގެ އަގެކޭ އެއްވަރަށް ގަދަ ފޯރިއާއެކު ދެކެވުނު އެއް ވާހަކައަކީ އުރީދޫ ހަދިޔާ ފޮށި ގޭމުގެ ވާހަކައެވެ. ކޮންމެ ދުވަހަކު ފޯނު ހަލުވައިގެން ހަތަރު ގަޑިއިރަށް އެއް ޖީބީ ނޫން ހަމަ އެކައްޗެއް ނުލިބޭކަމަށްބުނެ ސޯޝަލް މީޑިއާގައި އެކަމާއި ގުޅޭ އެތައް މީމެއް ހަދައި ދައުރު ކުރިއެވެ.

ޓިކްޓޮކާއި ފޭސްބުކް ޕޯސްޓްތަކާއި ޝޯޓްސް ތަކުގައި އުރީދޫ ހަދިޔާ ފޮށީގެ މީމްތައް ވަރަށް ބޮޑަށް ވައިރަލްވެގެންދިޔައެވެ. ގިނަ ބަޔަކު ބުނަމުންދިޔައީ ހަތަރު ގަޑިއިރަށް އެއް ޖީބީ ޑާޓާ ނޫން ހަމަ އެކައްޗެއްވެސް ނުލިބޭ ކަމަށެވެ. އަދި މީގެ އިތުރުން ކިލޯ ކިލޯއިން ވަޅޯމަހާއި ރިހާކުރާއި ޖޫސްޕެޓީ ހަތަރުގަޑިއިރަށް ލިބޭކަމަށް ބުނާ މަޖާ އެޑިޓްތައްވެސް ސޯޝަލް މީޑިއާގައި ވަރަށް ގިނައިން ދައުރުކުރިއެވެ.

އެހެން ނަމަވެސް ދައުރުކުރިހާ އެ މީމްތަކަށް ބެލުމެއްނެތި ހަދިޔާ ފޮށި ގޭމް ކުޅެގެން ސްކޫޕީ ސައިކަލާއި އައިފޯނާއި ސޯފާ ސެޓާއި ސްމާޓް ޓީވީ އާއި ލެޕްޓޮޕްގެ އިތުރުން ހޯމް ޕޮޑް މިނީއާއި ބަދިގެއަށް ބޭނުންވާ އަގުހުރި އެތައް ހަދިޔާއެއް އެތައް ބަޔަކު މިވަނީ ހޯދާފައެވެ.

އެގޮތުން އެ ޕްރޮމޯޝަންގެ އެންމެ އަގުހުރި އިނާމުކަމުގައިވާ ހޮންޑާ ސްކޫޕީ ސައިކަލުގެ ނަސީބުވެރި ފަރާތާއި އެ އިނާމު ނިމިދިޔަ ހަފްތާގައި ވަނީ ހަވާލުކޮށްފައެވެ.

"ހަދިޔާ ފޮށި" ގޭމަކީ އުރީދޫ އެޕްމެދުވެރިކޮށް އެއް މަސް ދުވަހުގެ މުއްދަތަށް ރަމަޟާން މަހު ކުރިއަށް ގެންދިޔަ ގެމިފައިޑް ޕްރޮމޯޝަނެކެވެ

މި ޕްރޮމޯޝަންގެ ދަށުން އުރީދޫ ޕްރީޕެއިޑް، ޕޯސްޓްޕެއިޑް އަދި ސުޕަނެޓްގެ ހުރިހާ ކަސްޓަމަރުންނަށް ރަމަޟާން މަހު ކޮންމެ ދުވަހަކު ވެސް އަގުހުރި ހަދިޔާތަކެއް ހޯދުމުގެ ފުރުސަތު އުރީދޫއިން ފަހިކޮށްދިނެވެ. މި ޕްރޮމޯޝަންގައި 1 ޓީބީއާ ހަމައަށް ހިލޭ ޑޭޓާ، ސްކޫޕީ ސައިކަލު، އައިޕޯން، ސޯފާ، ސްމާޓް ޓީވީ، ލެޕްޓޮޕް، ހޯމްޕޮޑް މިނީ، ބަދިގެއަށް ބޭނުންވާ ސާމާނު ފަދަ އަގުހުރި ހަދިޔާތައް އުރީދޫއިން ހިމެނިއެވެ. އަދި ދުވާލަކު އެއްފަހަރު ކުޅެވޭ މި ހާދިޔާ ފޮށި ގޭމުން ކޮންމެ ދުވަހަކުވެސް ކޮންމެ ކަސްޓަމަރަކަށްވެސް ހަދިޔާ ކޮންމެވެސް ހަދިޔާ އެއް ލިބޭ އިރު، އުރީދޫ ގެ ކަސްޓަމަރުންގެ ތެރެއިން %75 އަށް ވުރެ ގިނަ ކަސްޓަމަރުން ވަނީ މި ގޭމުގައި މުޅި ރަމަޟާން މަހުގެ ތެރޭގައި ބައިވެރިވެފައިވާކަމުގައި އުރީދޫއިން ހާމަކުރެއެވެ.

ހަދިޔާ ފޮށި ކުޅެގެން އަގުހުރި އިނާމުތައް ހޯދި ފަރާތްތަކާ އިނާމުތައް ރަމަޟާން މަހުގެ ތެރޭގައިވެސް ހަވާލުކުރެވެމުން ދިޔައިރު، ޢީދަށް ފަހު އުރީދޫ މޯލްޑިވްސްގެ ހެޑް އޮފީހުގައި ބޭއްވުނު ހާއްސަ ހަފްލާއެއްގައި ވަނީ ހަވާލުނުވެ ހުރި ކަސްޓަމަރުންނާ އެ ހަދިޔާތައް ހަވާލު ކުރިއެވެ.

ފެންވަރު ރަނގަޅު ހިދުމަތްތަކާއި އީޖާދީ ޑިޖިޓަލް ސޮލިއުޝަންތަކާއި ހިދުމަތްތައް މެދުނުކެނޑި ތައާރަފްކޮށް ކަސްޓަމަރުންނާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުޖުތަމައުތަކުގެ ދިރިއުޅުން މުއްސަނދިކުރުމަށް މަސައްކަތް ކުރުމުގައި ދެމި ތިބޭނެ ކަމުގެ ޔަގީންކަން އުރީދޫ މޯލްޑިވްސް އިން އަރުވައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް