ފ. ދަރަނބޫދޫގައި ތަރައްޤީ ކުރި ބަނދަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް މިއަދު ހުޅުވައިދެއްވައިފި އެވެ.
މި ބަނދަރު ހުޅުވައި ދެއްވާފައި މިވަނީ ރިޔާސީ އިންތިޚާބަށް 3 މަހަށް ވެފައި ވަނިކޮށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ނިލަންދެ އަތޮޅު އުތުރުބުރީގެ ހުރިހާ ރަށަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި އެ އަތޮޅު ދަރަނބޫދޫ އަށް މިއަދު ކުރެއްވި ޒިޔާރަތުގައެވެ.
ދަރަނބޫދޫ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢު އަކީ ޕްލޭނިން މިނިސްޓްރީގެ ފަރާތުން އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫޢުއެކެވެ.
އެގޮތުން މި މަޝްރޫއުގެ ދަށުން ދަރަނބޫދޫ ބަނދަރު ފުންކޮށް ބޭރުތޮށިލުމާއި އެއްގަމުތޮށިލުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވެ އެވެ.
އަދި 140 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި ގްރޮއިން ޖެހުމާއި 2،641 އަކަ މީޓަރުގެ ސަރަހައްދެއްގައި ހާބަރު ޕޭވްމެންޓް ހަދާފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް