ސަލްމާން ދާން ބުލްޑޯޒަރަކުން ކަހާލާހެން ވިކީ ދުރައްޖެއްސުމުން އާންމުން ރަތަށް!

ބޮލީވުޑްގެ ބަތަލް ސަލްމާން ހާން ދާން ތަން ދެއްކުމުގެ ގޮތުން ބުލްޑޯޒަރަކުން އެއްޗެއް ކަހާލާހެން ބޮލީވުޑްގެ ބަތަލް ވިކީ ކައުޝަލް ދުރައް ޖެއްސި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ. އާންމުވެފ...

27 May 2023 | 10:24

ބޮލީވުޑްގެ ބަތަލް ސަލްމާން ހާން ދާން ތަން ދެއްކުމުގެ ގޮތުން ބުލްޑޯޒަރަކުން އެއްޗެއް ކަހާލާހެން ބޮލީވުޑްގެ ބަތަލް ވިކީ ކައުޝަލް ދުރައް ޖެއްސި ކަމަށް ބުނެ ގިނަ ބަޔަކު ފާޑުކިޔަމުން އެބަދެ އެވެ.

އާންމުވެފައިވާ ވީޑިއޯގައި ފެންނަނީ އަބޫދާބީގައި އޮތް އެވޯޑު ހަފްލާއެއް ބާއްވާ ހޯލަކަށް ވަންނަ ސަރަހައްދެވެ. އެ ހަފްލާއަށް ސަލްމާނާއި ވިކީއަށްވެސް ދައުވަތު ދީފައިވެ އެވެ.

ވީޑިއޯއިން ފެންނަނީ ވިކީ ސަޕޯޓަރުންނާއި އެކު ސެލްފީ ނަގަމުން ދަނިކޮށް ސަލްމާން ވަދެގެން އަންނަން ފެށުމުން އޭނާގެ ސެކިއުރިޓީން މީހުން ދުރައް ޖައްސަމުން ގޮސް ސެލްފީއެއް ނަގަމުން ދަނިކޮށް ވިކީވެސް ދުރައް ޖައްސާ ތަނެވެ. ސަލްމާން ދަމުން ވިކީއަށް ބަލައިލާއިރު ވިކީ ހުންނަނީ އާދައިގެ އާންމު މީހެއްހެން ސައިޒުގައި އެވެ.

ފާޑުކިޔާ މީހުން ބުނެފައިވަނީ ސަލްމާނަކީ ވަކި ވިކީއަށްވުރެ މަޝްހޫރު އަދި މަތީ މީހެއް ނޫން ކަމަށާ އެހާ ދަށު ދަރަޖައިގެ ގޮތަކަށް އަމަލު ކުރުން ބަލައި ނުގަނެވޭނެ ކަމަށެވެ. އަދި ވިކީ ދުރައްޖެއްސި ގޮތް މީހުން ސިފަ ކުރީ ބުލްޑޯޒަރަކުން ކުނިތަކެއް ކަހާލުމުގެ ގޮތުގައިި އެވެ.

ވީޑިއޯ އެންމެ ފުރަތަމަ އާންމު ކުރި ޕަޕަރާޒީގެ ސޯޝަލް މީޑިއާ އެކައުންޓުތަކުން މިހާރު ވީޑިއޯ ވަނީ ޑިލީޓް ކޮށްލާފައި އެވެ. އަދި ސަލްމާނަށް ތާއީދު ކުރާ މީހުން ބުނަމުން ދަނީ ސެކިއުރިޓީ ބަލަހައްޓަމުން ދިޔައީ އަބޫދާބީގެ ފާމަކުން ކަމަށްވާތީ އެމީހުންނަށް ވިކީ ނޭނގުނީ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް