ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރަން ވަނީ ނިންމާފައި: ރައީސް

ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ. ރައީސް ޞާލިހް މިހެން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާ މިއަދ...

27 May 2023 | 10:00

ރާއްޖޭގެ 155 މިސްކިތެއް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެ އެވެ.

ރައީސް ޞާލިހް މިހެން ވިދާޅުވީ ފ. ނިލަންދޫ ރައްޔިތުންނާ މިއަދު ބައްދަލު ކުރައްވާ ދެއްކެވި ވާހަަކަފުޅުގައެވެ.

އެގޮތުން ރައީސް ޞާލިހް ވިދާޅުވީ 155 މިސްކިތް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށާއި މި މަޝްރޫޢު އަށް ބޭނުންވާ ބަޖެޓް ވެސް ލިބިފައިވާ ކަމަށެވެ.

އަދި މި މަޝްރޫއު ނިމުމުން އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިސްކިތްތަކުގައި އޭސީ ހުންނާނެ ކަމަށާއި އެކަމަކު ކަރަންޓު ބިލްގެ ހަރަދު 50 ޕަސަންޓް ކުޑަކޮށްލެވޭނެ ކަމަށް ރައީސް ވިދާޅުވެފައި ވެއެވެ.

އިއާދަކުރުވަނިވި ހަކަތަ ބޭނުން ކުރާ މިސްކިތްތަކުގައި ވެސް އޭސީ ހުންނާނެ ކަމަށް ރައީސް ޞާލިހް ވިދާޅުވެފައި ވާއިރު ރާއްޖޭގެ ހުރިހާ މިސްކިތެއް އޭސީ ކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދުފުޅެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް