ރިޔާސީ އިންތިޚާބު އޮބްޒާވް ކުރަން 15 ޤައުމަކަށް ދަޢުވަތު ދީފި

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ޤައުމަކަށް ދަޢުވަތު ދީފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ. އިލެކްޝަން ކޮމިޝަނުގެ ނައިބު ރ...

27 May 2023 | 09:55

އަންނަ ސެޕްޓެމްބަރު މަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ޤައުމަކަށް ދަޢުވަތު ދީފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އިލެކްޝަން ކޮމިޝަނުގެ ނައިބު ރައީސް އަދި ތަރުޖަމާނު އިސްމާއިލް ހަބީބް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް މިދިޔަ ހަފްތާގައި ރަސްމީކޮށް 15 ގައުމަކަށް ދައުވަތު ފޮނުވައިފައިވާ ކަމަށެވެ.

އަދި މި ޤައުމުތަކަކީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ދެކުނު ކޮރެއާ، ދެކުނު އެފްރިކާ، ކިރްގިސްތާން، ހޮންޑިއުރަސް، ސްރީ ލަންކާ، ބޮސްނިއާ، އޮސްޓްރޭލިއާ، އުރުދުން، ކެނެޑާ، ޖަޕާން އަދި ނޭޕާލް ކަމަށް އީސީން ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށް 15 ޤައުމަކަށް ދަޢުވަތު ދީފައިވާ ކަމަށް އީސީން ހާމަކޮށްފައި ވާއިރު މަދުވެގެން 150 މީހުން ވޯޓުލުމަށް ރަޖިސްޓްރީ ކޮށްފިނަމަ 8 ޤައުމެއްގައި ވޯޓު ފޮށި ބަހައްޓާނޭ ކަމަށް އީސީން ހާމަކޮށްފައި ވެއެވެ.

މިގޮތުން ވޯޓު ފޮށި ބަހައްޓަން ނިންމާފައިވަނީ އިންޑިއާ، ސްރީލަންކާ، ސިންގަޕޫރު، މެލޭޝިއާ، ތައިލެންޑް، ޔޫއޭއީ، ޖަޕާން އަދި އިނގިރޭސިވިލާތުގަ އެވެ.

މީގެ އިތުރުން އީސީން ބުނީ ރިޔާސީ އިންތިހާބު އޮންނާނީ 9 ސެޕްޓެމްބަރުގައި ކަމަށާއި ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ ނަމަ، އެ އިންތިހާބު އޮންނާނީ 30 ސެޕްޓެމްބަރުގައި ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް