ރާއްޖެއިން ބޭރުން މީހުން ގެނެެސްގެން ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދިޔަ ބިދޭސީއަކު ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފިއެވެ.
"ދުވަސް" އަށް މަޢުލޫމާތު ހިއްސާ ކުރައްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ހަށި ވިއްކުމުގެ ވިޔަފާރި ކުރަމުންދާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.
އޭނާ ހައްޔަރު ކޮށްފައި ވަނީ މި މަހުގެ 25 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެވެ. އޭނާ ހައްޔަރު ކުރީ ވިލިމާލެ އިން ކަމަށް ފުލުހުން ހާމަކޮށްފައި ވެއެވެ.
އޭނާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން އިއްޔެ ވަނީ ޖަހައިދީފައި ކަމަށް ފުލުުހުން ހާމަކުރެއެވެ.
މީގެ އިިތުރުން ފުލުުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އުމުރުން 33 އަހަރުގެ ބަންގްލަދޭޝް ފިރިހެނެކެވެ. އޭނާ ހައްޔަރު ކުރުމާއި ހަމައަށް ދިރިއުޅެމުން ގޮސްފައި ވަނީ، ވިލިމާލެގައެވެ. އޭނާ ހައްޔަރު ކުރިއިރު، އޭނާގެ ބަންދު އަމުރުގައި ބުނެފައިވާ ގޮތުން ތުހުމަތެއް ވުޖޫދުވާވަރަށް ވަނީ ހެކި ފެނިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް