ނިލަންދޫ ދާއިރާގެ މެމްބަރު މުހުސިން އެމްޑީޕީއަށް ސޮއި ކުރައްވައިފި

ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލް މުހުސިން ވެރިކަން ކުރާ އެމްޑީޕީއަށް ސޮއި ކޮށްފި އެވެ. އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ފ. ނިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ...

27 May 2023 | 07:38

ނިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަބްދުލް މުހުސިން ވެރިކަން ކުރާ އެމްޑީޕީއަށް ސޮއި ކޮށްފި އެވެ.

އޭނާ އެމްޑީޕީއަށް ސޮއި ކުރައްވާފައިވަނީ ފ. ނިލަންދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

މި ރަސްމިއްޔާތުގައި މުހުސިންގެ އިތުރުން ނިލަންދޫގެ ރައްޔިތުން ތަކެއް ވަނީ އެ ޕާޓީއަށް ސޮއި ކޮށްފައި އެވެ.

މުހުސިން އެމްޑީޕީއަށް ސޮއިކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ވައްދަން ސޮއި ކުރެއްވުމަށް ފަހު އެވެ. އޭނާ އެ މައްސަލައިގަ ސޮއި ކުރެއްވުމުން ގިނަ ބަޔަކު ވަނީ އޭރުވެސް އެމްޑީޕީއަށް ސޮއި ކުރެއްވި ކަމަށް ބުނެ ވާހަކަ ދައްކާފައި އެވެ.

މުހުސިން މިދިޔަ ހަފްތާގައި ވިދާޅުވީ މި ސަރުކާރުން ގެންނަވަރު ތަރައްގީ މިހާތަނަށް ފާފު އަތޮޅުގެ ރަށްތަކަށް އެއްވެސް ވެރިކަމަކު ގެނެސްދީފައި ނުވާ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް