އާސަހަރާ ބަންދުކޮށް މީހުން ވަޅުލުން ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފި

އާސަހަރާ ތަރައްޤީ ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައި ވާތީ މަސައްކަތް ނިމެންދެން މީހުން ވަޅުލުމުގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު މާލެސިޓީ ކައުންސިލުން ހަމަޖަ...

27 May 2023 | 06:43

އާސަހަރާ ތަރައްޤީ ކުރުމުގެ މަސައްކަތް މާދަމާ ފެށުމަށް ހަމަޖެހިފައި ވާތީ މަސައްކަތް ނިމެންދެން މީހުން ވަޅުލުމުގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު މާލެސިޓީ ކައުންސިލުން ހަމަޖައްސައިފިއެވެ.

މިކަން ހާމަކޮށް މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ އާސަހަރާ ތަރައްޤީ ކުރުމަށް ނިންމާ މި މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖޭހޭ މަސައްކަތްތައް މާދަމާ ފަށާނެ ކަމަށެވެ.

އަދި މި މަސައްކަތްތަކާއި ގުޅިގެން އާސަހަރާގައި މައްޔިތުންގެ ކަށުކަމާކެމީގެ ކަންކަމަށް ދިމާވެދާނެ ދަތިތަކަށްޓަކައި ނިޔާވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށް ގެންދެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށްވެސް ކައުންސިލުން ބުނެފައި ވެއެވެ.

ނަމަވެސް ނަމާދު ވަގުތުތައް ނޫން ވަގުތު ތަކުގައި މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށްވެސް ސިޓީ ކައުންސިލުގެ އިއުލާނުގައި ބުނެފައި ވެއެވެ.

މިގޮތުން އާސަހަރާ ތަރައްގީކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމާފައި ވަނީ ހިތާމަވެރިި ވަގުތުގައި ސަހަރާގައި މަޑުކޮށްލައިގެން ތިބެވޭނެ ވެއިޓިން އޭރިއާ އެއް ހިމެނޭހެން، އަންހެނުންނާއި ފިރިހެނުންނަށް ނަމާދުކުރުމަށް ކަނޑައެޅިފައިވާ ޖާގަ އިތުރުކުރުމާއި، އަންހެނުންނަށް ހާއްސަކޮށް ވުޟޫކުރެވޭނެ އިންތިޒާމާ އެކުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް