މޯލްޑިވްސް އްނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރިޔާސީ ޓިކެޓު އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމާއި ހަވާލުކޮށްފި އެވެ.
މި ރަސްމިއްޔާތު އޮތީ ރޭ އާޓިފިޝަލް ބީޗުގައި އެވެ. އެ ޕާޓީން ރިޔާސީ އިންތިހާބުގެ ކެމްޕެއިން ކުރިޔަށް ގެންދަނީ "އުޖާލާ ޒަމާން" އެވެ.
މި ރަސްމިއްޔާތުގައި ނާޒިމް ވިދާޅުވީ އޭނާ ވިދާޅުވީ ވެރިކަމަށް ކުރިމަތިލައްވަން ނިންމެވީ ރާއްޖޭގެ ކަންކަން ގޯހުންގޯހަށް ގޮސް، ގައުމު އޮޔާ ދިޔުމުގެ ބިރުހީވެ، އެކަމާ ކަންބޮޑުވާ ދިވެހި ދަރިއެއްގެ ހައިސިއްޔަތުން ކަމަށެވެ. ނާޒިމް ވިދާޅުވީ ގައުމާ މެދު އޭނާގެ ތަސައްވުރެއް އެބަ އޮތް ކަމަށާއި ދިވެހިންގެ ހުވަފެންތަކުގައި ކުލަ ޖެހެން ޖެހޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ ވަޒީފާ އާއި މުސާރައިގެ ކަސްތޮޅުން ސަލާމަތްކުރުމާއި ތައުލީމަކީ ކޮންމެ ކުއްޖެއްގެ ހައްގަކަށް ހަދައިދިނުމާއި ގައުމުގެ މުއްސަނދިކަމުގެ ފައިދާ އެންމެންނަށް އެންމެ ފުރިހަމަ ގޮތުގައި ހޯދައިދިނުމާއި ވަޒީފާގެ ސިނާއަތާއި އެހެން ކަންކަމުގައި ވެސް ދިވެހި ރައްޔިތުންނަކީ މި ގައުމުގައި އެންމެ ފުރަތަމަ ރައްޔިތުންކަމުގައި ހަދަންޖެހޭ ކަމަށެވެ.
ބޭސް ފަރުވާ އާއި ދިރިއުޅުމަށް ސަލާން ޖެހުމުގެ ސަގާފަތް ދޫކޮށް ދިވެހިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތައް ރާއްޖެއިން ލިބޭނޭގޮތް ހަމަޖެހުމާއި ގެދޮރަކީ އުމުރު ހުސްވެ ދަރަނިވެރިވެގެން ނޫނީ ނުލިބޭ އެއްޗަކަށް އޮންނަ އޮތުން ބަދަލުކޮށް، ދިރިއުޅުން ފަށާއިރު، ލިބޭ ހައްގަކަށް ހަދައިދޭނެ ކަމަށް ނާޒިމް ވަައުދުވެ ވަޑައިގަތެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް