އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެ

މާލެ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ. ރޭގައި އެކްސިޑެންޓެއް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕަކާއި ޖެހިގެންނެވެ. ފުލުހުން ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް އ...

27 May 2023 | 01:12

މާލެ ސަރަހައްދުގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު މަރުވެއްޖެއެވެ.

ރޭގައި އެކްސިޑެންޓެއް ހިނގާފައިވަނީ ސައިކަލަކާއި ޕިކަޕަކާއި ޖެހިގެންނެވެ.

ފުލުހުން ބުނެފައިވަނީ މާލެއިން ހުޅުމާލެއަށް އަންނަ ހައިވޭގައި ސައިކަލެއް ޕިކަޕެއްގައިޖެހި އެކްސިޑެންޓެއް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވަނީ ރޭ 12:04 ހާއިރު ކަމަށެވެ.

"އެކްސިޑެންޓްގައި ސައިކަލު ދުއްވި 43 އަހަރުގެ ދިވެހި ފިރިހެން މީހާ ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވޭ" ފުލުހުން ބުނެފައިވެއެވެ.

މި އެކްސިޑެންޓާއި ގުޅޭ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް