އިމާރާތަކުން ވެއްޓުނުކަމަށް ބެލެވުނު ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު

މާލޭގެ އިމާރާތަކުން ވެއްޓުނުކަމަށް ބެލެވުނު ކުޑަކުއްޖަކު ހޯދަމުންދަނިކޮށް ފެނިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓ...

27 May 2022 | 17:00

މާލޭގެ އިމާރާތަކުން ވެއްޓުނުކަމަށް ބެލެވުނު ކުޑަކުއްޖަކު ހޯދަމުންދަނިކޮށް ފެނިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މާފަންނު ގެއެއްގެ މަތިން 12 އަހަރުގެ ފިރިހެން ކުއްޖަކު ވެއްޓިފައިވާކަމަށް މިރޭ 08:31 ހާއިރު ފުލުހުންނަށް ރިޕޯޓެއް ކޮށްފައިވާކަމަށެވެ.

ވެއްޓުނުކަމަށް ބުުނާ ކުއްޖާ ފެންނަން ނެތުމުން ކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެ ކުއްޖާ ވެއްޓުނުކަމަށް ބުނަނީ އެ އިމާރާތުގެ ހަތަރުވަނަ ފަންގިފިލައިން ކަމަށެވެ.

ފުލުހުން ފަހުން ބުނެފައިވަނީ އެ ކުއްޖާ ފަހުން ގެއަށް ގޮސްފައިވާކަމަށާއި ހާލުވެސް ރަނގަޅު ކަމަށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މިހާދިސާ ހިނގައިގެން އުޅެނީ މާފަންނު، އައިޓަމްސް ފިހާރަ ހުންނަ ސަރަހައްދުގައެވެ. އަދި އެ ކުއްޖާ ދިޔައީ ފިހާރައަކަށް ކަމުގައިވެސް ބައެއް މަސްދަރުތަކުން މައުލޫމާތު ލިބެއެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް