ޝާހުރުކްގެ ގޭގައި ސާޅީސް ލައްކަ ރުޕީސްގެ އަގުހުރި 12 ޓީވީ ހުރޭ!

ބޮލީވުޑްގެ ކިންގް ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ފިލްމީތަރި ޝާހުރުކް ހާންގެ ގޭގައި ސާޅީސް ލައްކަ ރުޕީސްގެ އަގުހުރި 12 ޓީވީ ހުންނަކަމަށް އޭނާ ބުނެފިއެވެ. ޝާހުރުކް މިހެން ބުނެފައިވަނީ އަންގާރަ ދުވަހު އި...

27 May 2022 | 09:08

ބޮލީވުޑްގެ ކިންގް ގޮތުގައި ގިނަބަޔަކު ގަބޫލުކުރާ ފިލްމީތަރި ޝާހުރުކް ހާންގެ ގޭގައި ސާޅީސް ލައްކަ ރުޕީސްގެ އަގުހުރި 12 ޓީވީ ހުންނަކަމަށް އޭނާ ބުނެފިއެވެ.

ޝާހުރުކް މިހެން ބުނެފައިވަނީ އަންގާރަ ދުވަހު އިންޑިއާގެ ވެރިރަށް ދިއްލީގައި ބޭއްވި ބުރޭންޑް އިވެންޓެއްގައި ބައިވެރިވެ ވާހަކަ ދައްކަމުންނެވެ. އޭނާ ބުނިގޮތުގައި އޭނާއަކީ ޓީވީގެ ބޮޑު ފޭނެއް ކަމަށެވެ.

ހަފްލާގައި އެކަން ހާމަކުރަމުން ޝާހު ބުނީ އޭނާގެ ގޭގެ ބެޑްރޫމް، ސިޓިންރޫމް، ކުޑަ ދަރި އަބްރާމްގެ ކޮޓަރީގައި، ދަރި އާރިޔަންގެ ކޮޓަރިއާއި. އަންހެންދަރި ކޮޓަރީގައާއި، ޖިމް އާއި ހުރިހާ ތަނެއްގައި ޓީވީ ހުންނާނެ ކަމަށެވެ. އަދި އަބަދުވެސް އާ ޓީވީއެއް ގަންނަން ބޭނުންވެފައި ހުންނަކަމަށެވެ. ކޮންމެ ޓީވީއަކަށް ގާތްގަނޑަކަށް ލައްކައެއް ހަރަދުވާ ކަމަށާއި އެގޮތުން 30-40 ލައްކާ ރުޕީސް ޓީވީތަށް ގަތުމަށް ހޭދަ ކުރިކަމަށް އޭނާ ބުންޏެވެ.

ޝާހު ޓީވީ ވާހަކަ ދެއްކި ވީޑިއޯ ވައިރަލްވެ ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެވާހަކަ ދަންކަމުންނެވެ.

ޝާހު އާއި އަނބިމީހާ ގޯރީ އަދި ތިން ދަރިންނާއެކު ދިރިއުޅެމުންދަނީ މުންބާއީގައި ހުންނަ އޭނާގެ ގެ މަންނަތުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް