ގއ. ވިލިނގިލީގައި ކާފިއު ވަގުތު ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ގއ. ވިލިނގިލީގައި ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފިއެވެ. މިކަން ހާމަކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމ...

27 May 2021 | 17:16

ކޮވިޑު ހުއްޓުވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން، ގއ. ވިލިނގިލީގައި ހަވީރު ހަޔަކުން ފަތިހު ހަތަރަކަށް ކާފިއު ހިންގަން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވާފައިވާ އެންގުމެއްގައެވެ.

އެ އެންގުމުގައި ބުނެފައިވަނީ މި ހިނދުން ފެށިގެން ވަކިގޮތެއް އަންގަންދެން، ގއ. ވިލިނގިލީގައި ކޮންމެ ދުވަހެއްގެ ހަވީރު 06:00 އިން ފަތިހު 04:00އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުމެއުޅުން ހުއްޓައިލުމަށް އަންގާކަމަށެވެ.

މި އެންގުމުން އިސްތިސްނާ ވާނީ ސިފައިންނާއި ފުލުހުންނާއި ސިއްހީ ހިދުމަތްދޭ އިދާރާތަކުގެ މުވައްޒަފުންނާއި އެ މުވައްޒަފުން ދުއްވާ އުޅަނދުފަހަރާއި އެމްބިއުލާންސާއި އެރަށު ޓާސްކްފޯހުގެ ފާސް ލިބިފައިވާ ފަރާތްތަކުގެ އިތުރުން އެމަޖެންސީކޮށް ސިއްހީ ހިދުމަތް ހޯދަންޖެހޭ ފަރާތްތަކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް