މިއަދު ރާއްޖެއިން 1299 މީހަކު ކޮވިޑަށް ފައްސިވެފައި ވާއިރު، މިއަދުވެސް ރާއްޖެއިން1299 މީހަކު ކޮވިޑަށް ފައްސިވެއްޖެއެވެ.
https://twitter.com/HPA_MV/status/1397960808722694144
އެޗްޕީއޭއިން ބުނެފައިވާ ގޮތުގައި، އިއްޔެ ރާއްޖެއިން ފައްސިވި 1299 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި890 މީހުންނާއި އަތޮޅުތެރެއިން ފައްސިވި334 މީހުންގެ އިތުރުން އޮޕަރޭޝަނަލް ރިސޯޓަތަކުން48 މީހުން އަދި ލިވަބޯޑްސް އިން10 މީހަކާއި ހަދަމުންދާ ރައްތަކުން17 މީހެކެވެ.
މިއަދު ރާއްޖެއިން ފައްސިވި1299 މީހުންގެ ތެރޭގައި ހިމެނެނީ މާލެއިން ފައްސިވި799 މީހުންނާއި އަތޮޅުތެރެއިން ފައްސިވި487 މީހުންގެ އިތުރުން އޮޕަރޭޝަނަލް ރިސޯޓަތަކުން13 މީހުންނެވެ.
މިއާއެކު ރާއްޖެއިން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ އަދަދު60،943ށް ވަނީ އަރާފައެވެ. އޭގެތެރެއިން35،365 މީހުން މި ބަލިން ރަނގަޅުވެފައި ވާއިރު،150 މީހުން ވަނީ މި ބަލީގައި ދުނިޔެ ދޫކޮށްފައެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑަށް ފަރުވާކުރަމުންދާ25،419 މީހުން ތިބިއިރު، އޭގެތެރެއިން270 މީހުނަށް ފަރުވާދެނީ ހޮސްޕިޓަލުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް