ކޮވިޑްގައި ގއ. ވިލިނގިލިން މީހަކު ނިޔާވެއްޖެ

ކޮވިޑްގައި ގއ. ވިލިނގިލިން މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުުގައި، ނިޔާވީ ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީގައިި ފަރުވާދެމުން ދިޔަ، އެއަތޮޅު ދާންދޫ މީހެކެވެ. މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާ...

27 May 2021 | 16:45

ކޮވިޑްގައި ގއ. ވިލިނގިލިން މީހަކު ނިޔާވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުުގައި، ނިޔާވީ ގއ ވިލިނގިލީ ކޮވިޑް ފެސިލިޓީގައިި ފަރުވާދެމުން ދިޔަ، އެއަތޮޅު ދާންދޫ މީހެކެވެ.

މިއީ ކޮވިޑްގައި ރާއްޖެއިން ނިޔާވި151 ވަނަ މީހާއެވެ. އަދި ކޮވިޑް ބަލީގައި މިއަދު ނިޔާވި ތިންވަނަ މީހާއެވެ.

އެޗްޕީއޭއިން ވިދާޅުވީ، ނިޔާވެފައި ވަނީ އުމުރުން68 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ. މިރޭ08:30 ގައި ނިޔާވި ކޮވިޑްގެ މި ބަލިމީހާ އަކީ ގއ. ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި އެޑްމިޓްކޮށްގެން ފަރުދާދެމުން ދިޔަ މީހެކެވެ.

https://twitter.com/HPA_MV/status/1397968515907264512

މިއަދު ކޮވިޑަގައި 79 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ނިޔާވެފައި ވެއެވެ. އެމީހާ ނިޔާވީ މިއަދު ހެނދުނު 7:55 ގައި އެވެ.

އެމީހާ އަކީ އައިޖީއެމްއެޗު އެމަޖެންސީ ރޫމަށް ފަރުވާ ދިނުމަށް ގެންދެވުނު މީހެއް ކަމަށް އެޗްޕީއޭއިން ބުނެ އެވެ.

މިއީ މިއަދު ކޯވިޑް ޖެހިގެން މަރުވި ދެވަނަ މީހާއެވެ. ފުރަތަމަ މަރުވެފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިއަދު ދެވަނައަށް ކޯވިޑްގައި މަރުވި މިހާ އަކީ ރާއްޖެއިން ކޯވިޑް ބަލީގައި މަރުވި 150 ވަނަ މީހާ އެވެ. އަދި މިމަހުގެ މިހާތަނަށް 70 އަށްވިރެ ގިނަ މީހުން ކޯވިޑް ޖެހިގެން މަރުވެފައިވެ އެވެ.

އިއްޔެ ކޯވިޑްގައި މަރުވެފައިވަނީ ހަތަރު މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް