އިންޓަނެޓްގެ އަގު ހެޔޮ ކުރުމުން ކޮމިއުނިކޭޝަން މިނިސްޓަރު އާމިނަތު ޝައުނާއަށާއި އެ މިނިސްޓްރީއަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު މަރުޙަބާ ދަންނަވައިފިއެވެ.
އިންޓަނެޓްގެ އަގަށް އައި ހެޔޮ ބަދަލުތައް މިނިސްޓަރ ޝައުނާ މިއަދު އިއުލާނު ކުރެއްވުމާ ގުޅިގެން ރައްޔިތުންގެ އަތްފޯރާ ފަށުގައި ފެންވަރު ރަނގަޅު އިންޓަނެޓްގެ ޚިދުމަތްތައް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1397942288752381957
އަންނަ ޖުލައި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އިންޓަނެޓްގެ އަގަށް ގެނައި ހެޔޮ ބަދަލަށް އަމަލު ކުރަން ފަށާނެ ކަން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.
އޮންލައިންކޮށް ބޭއްވި ރަސްމިއްޔާތެއްގައި އިންޓަނެޓްގެ އަގުތަކަށް ގެންނަ ހެޔޮ ބަދަލުތައް އިއުލާނުކޮށްފައިވާއިރު އިންޓަނެޓްގެ އަގު ހެޔޮ ކުރުމަކީ ރައީސް އިބްރާހި މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މިވައުދު ފުއްދުން ލަސްވާތީ ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ.
އިންޓަނެޓްގެ އަގަށް ގެނައި ބަދަލު:
5 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 250ރ. އަށް 30 ޖީބީ
15 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 500ރ. އަށް 100 ޖީބީ
25 އެމްބީޕީއެސްގެ ސްޕީޑްގައި މަހަކު 700ރ. އަށް 200 ޖީބީ
“ނެޓްހެޔޮ” ނަމުގައި އިންޓަނެޓްގެ އަގަށް ގެނައި މި ބަދަލާއި އެކު ރާއްޖޭގައި ދޭ އިންޓަނެޓުގެ އެންމެ ދަށް ސްޕީޑަކީ ދެ އެމްބީޕީއެސްއަށް ވަނީ ހަމަޖައްސާފައި އެވެ. އެގޮތުން ފިކްސްޑް ބްރޯޑްބޭންޑް އިންޓަނެޓް ކަނެކްޝަންތަކުގެ ތެރޭގައި ހިމެނޭ ގޭބިސީތަކާއި ވިޔަފާރިތަކުގައި ބޭނުންކުރާ އިންޓަނެޓްގެ އަގު ވަރަށް ބޮޑަށް ހެޔޮވެގެންދާނެ އެވެ.
އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން ރެސިޑެންޝަލް އިންޓަނެޓް ގެ ޚިދުމަތް ދޭ ދިރާގާއި އުރީދޫން އަހަރުގެ ޖުލައި މަހު، އަގުތައް 30 ޕަސެންޓަށް ދަށްކުރާނެ އެވެ. އަދި ޕެކެޖުގެ ގޮތުން ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ.
މީގެ އިތުރުން ދެ ވަނަ ފޭސްގައި، އޮކްޓޫބަރުން ފެށިގެން މޯބައިލް ބްރޯޑްބޭންޑްގެ ޚިދުމަތަށް ވެސް ބަދަލު ގެންނާނެ އެވެ. އެގޮތުން މޯބައިލް ބްރޯޑްބޭންޑް ބޫސްޓާ ޕެކޭޖްތަކުގެ ޑޭޓާ އެލަވަންސް 20-30 ޕަސެންޓަށް އަގު ހެޔޮ ކުރާނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް