އެމްބީބީއެސް ނުވަދަ ޑޮކްޓަރުކަމުގެ ޑިގްރީ ފުރިހަމަ ކުރުމަށްފަހު އިންޓާންޝިޕް ފުރިހަމަ ނުކޮށްތިބި ފަރާތްތައް ހޯދަން ހެލްތް މިނިސްޓްރީން އިއުލާނުކޮށްފި އެވެ.
މިފަދަ މީހުން ހޮދަން އިއުލާނުކޮށްފައި ވަނީ ކޯވިޑް-19 ގެ ހާލަތު ގޮސްވެ އިންސާނީ ވަސީލަތްތައް ރާއްޖޭގައި މަދުވެދާނެ ކަމުގެ ބިރު އޮތުމުންނެވެ. އަދި ސަރުކާރުން ވަނީ ބޭރު ގައުމުތަކުންވެސް ޑޮކްޓަރުންނާއި ނަރުހުން ހޯދަން މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ހެލްތް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެމް.ބީ.ބީ.އެސް ޑިގްރީ ފުރިހަމަ ކުރުމަށްފަހު، އިންޓާންޝިޕް ފުރިހަމަ ކުރުމުގެ ފުރުޞަތު ލިބިފައި ނުވުމުގެ ސަބަބުން މިވަގުތު ރާއްޖޭގައި ތިބި ފަރާތްތަކުގެ މަޢުލޫމާތު ހޯދުމަށް ބޭނުންވެއެވެ. ހެލްތުން ބުނީ މިފަދަ ފަރާތްތަކުން ފުރިހަމަ ނަމާއި އެޑްރެސް، މެޑިސިން ފުރިހަމަ ކުރި ޤައުމު އަދި ގުޅޭނެ ނަންބަރުގެ އިތުރުން އީމެއިލް އެޑްރެސް: ފޮނުވުން އެދޭ ކަމަށެވެ.
މި މައުލޫމާތު ފޮނުވަން ޖެހެނީ އީމެއިލް މެދުވެރިކޮށް [email protected] އަށެވެ. މި މައުލޫމާތުތައް ފޮނުވުމުގެ އެންމެ ފަހުގެ ދުވަހަކީ އަންނަ ޖޫން މަހުގެ ތިން ވަނަ ދުވަހު އެވެ މެންދުރު 1:30 އެވެ.
މި މައުލޫމާތު ހެތްލުން އެއް ކުރަނީ ކީއްކުރަންކަން ހާމަކޮށްފަ އެއް ނުވެ އެވެ. އެކަމަކު ރާއްޖޭގައި ނަރުސްކަން ކިޔަވަމުންދާ ކުދިން ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ތިބި ބަލި މީހުންނަށް އެހީވުމަށް ވޮލެންޓިއަރުންގެ ގޮތުގުައި މަސައްކަތް ކުރަން ގޮސްފަ އެވެ.
އަދި އެޗްއީއޯސީން ވަނީ ފެސިލިޓީތަކުގައި މަސައްކަތް ކުރާނެ ވޮލެންޓިއަރުންވެސް ހޯދަން އިއުލާނުކޮށްފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް