ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް، ރެޑްވޭވްގެ ޑެލިވަރީ ފަށައިފި

ފުރަބަންދުގައި މާލެ އަދި ހުޅުމާލޭގެ ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގައި، ހާއްސަކޮށް ކާބޯތަކެތި ގަތުމުގައި ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން ރެޑްވޭވްގެ ޑެލިވަރީތައް އިތުރަށް ހަރުދަނާކުރެވި ...

27 May 2021 | 15:19

ފުރަބަންދުގައި މާލެ އަދި ހުޅުމާލޭގެ ކަސްޓަމަރުންނަށް ވިޔަފާރިކުރުމުގައި، ހާއްސަކޮށް ކާބޯތަކެތި ގަތުމުގައި ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމުގެ ގޮތުން ރެޑްވޭވްގެ ޑެލިވަރީތައް އިތުރަށް ހަރުދަނާކުރެވި މިއަދުވަނީ ފަށާފައެވެ.

މިގޮތުން ކުރާ ކޮންމެ ވިޔަފާރިއެއްވެސް މާލެ އަދި ހުޅުމާލޭގެ ކޮންމެ ގޭބިސީއަކަށްވެސް ޑެލިވަރީ ކުރެވޭނެ ފަސޭހަގޮތްތަކެއް ރެޑްވޭވްއިން ވަނީ ފަހިކޮށްދީފައެވެ.

އެގޮތުން، މާލޭގެ އޯޑަރުތައް ރެޑްވޭވްގެ އޯޑަރުލިންކް އަށް ލިސްޓުފޮނުވައިގެން ކުރިއަށްގެންދެވޭނެއެވެ. ނުވަތަ ވައިބަރ މެދުވެރިކޮށް ރެޑްވޭވް ޕްލާޒާގެ (މައްޗަންގޯޅި) ނަމްބަރު 9116613، ރެޑްވޭވް ޒޯންގެ (މާފަންނު) ނަމްބަރު 9193302، ނުވަތަ ރެޑްވޭވް މާރޓްގެ (ހެންވޭރު) ނަމްބަރު 9694499 އަށް ލިސްޓުފޮނުވައިގެން އޯޑަރުކުރެވޭނެއެވެ.

އަދި ހުޅުމާލޭގެ އޯޑަރުތައް ވައިބަރ މެދުވެރިކޮށް، ރެޑްވޭވް މެގަމޯލްގެ ނަމްބަރު 9193399 ނުވަތަ ރެޑްވޭވް ސިޓީސްކެއަރގެ ނަމްބަރު 9636019 އިން ނެގުމަށްވަނީ ހަމަޖެހިފައެވެ. މިގޮތަށް އޯޑަރކުރެއްވުމުގައި ލިސްޓުފޮނުވާނެ ފޯރމެޓް ތިރީގައިމިވަނީއެވެ.

މީގެ އިތުރުންވެސް ރެޑްވޭވްގެ ވެބްސައިޓު މެދުވެރިކޮށް އޮންލައިންކޮށްވެސް އޯޑަރ ކުރެއްވެވޭނެއެވެ. އަދި މިހުރިހާ އޯޑަރުތައް ދޯނިފަހަރާއި ހަމައަށްވެސް ޑެލިވަރކޮށްދޭނެއެވެ.

ރެޑްވޭވްއިން މައުލޫމާތުދޭގޮތުގައި އެކުންފުނީގެ އަމާޒަކީ ރެޑްވޭވްގެ ކޮންމެ ފިހާރައަކުންވެސް 24 ގަޑިއިރުގެ ތެރޭ 100 އޯޑަރޑެލިވަރ ކޮށްދީ، 16:00ގެ ކުރިން އަންނަ ކޮންމެ އޯޑަރެއް ދުވަހުންދުވަހަށް ޑެލިވަރކޮށްދިނުމެވެ. މިގޮތުން ހެނދުނު 08:00އިން ރޭގަނޑު 23:00އަށް ޑެލިވަރީގެ ހިދުމަތްކުރިއަށް ދާނެއެވެ.

ރެޑްވޭވްގެ އިލްތިމާސަކީ ކޮވިޑްގެ މިހާލަތުގައި ރެޑްވޭވްގެ ހުރިހާ ކަސްޓަމަރުން ފަރުދީ ޒިންމާ އަދާކުރައްވަވާ، ގޭގައި ތިއްބަވާ ރެޑްވޭވްގެ ޑެލިވަރީގެ ހިދުމަތް ބޭނުންކުރެއްވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް